އަތޮޅު ތެރެއިން: އޮމަދޫ ޕޮލިސް ސްޓޭޝަން، މިހާރު ކުރިއަށްދަނީ ހިޔާ ކުރުމުގެ މަސައްކަތް!
އދ. އޮމަދޫގައި ގާއިމުކުރާ ޕޮލިސް ސްޓޭޝަން އިމާރާތް ކުރުމުގެ މަޝްރޫއުގެ ތެރެއިން، މިހާރު ކުރިއަށްދަނީ އިމާރާތް ހިޔާކުރުމާއި، އިންފާރު ރޭނުމުގެ އިތުރުން ޕޮލިސް ޕޯސްޓް އިމާރާތުގެ ރޭނުމުގެ މަސައްކަތްތައް ކަމަށް މައުލޫމާތު ލިބިއްޖެއެވެ.
އދ. އޮމަދޫގައި ޕޮލިސް ސްޓޭޝަން އިމާރާތުގެ ބިންގާ އަޅައިދެއްވީ ރައީސް ޑރ. މުހައްމަދު މުއިއްޒު އެ އަތޮޅުގެ ރަށްތަކަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިން ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓަރު އަލީ އިހުސާނެވެ.
މި މަސައްކަތް ސަރުކާރުން ހަވާލުކޮށްފައިވަނީ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ ލިމިޓެޑް (އެމްޓީސީސީ) އާއެވެ. ޖުމްލަ 2.2 މިލިއަން ރުފިޔާއަށް ހަވާލުކުރެވުނު މި މަޝްރޫއަކީ 150 ދުވަހުގެ ތެރޭގައި ނިންމުމަށް ތާވަލުކޮށްފައިވާ މަސައްކަތެކެވެ.
ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި، ރާއްޖޭގެ މީހުން ދިރިއުޅޭ ކޮންމެ ރަށެއްގައި 2026 ވަނަ އަހަރު ނިމުމުގެ ކުރިން ޕޮލިސް ސްޓޭޝަން ނެތް ރަށްރަށުގައި އެފަދަ ސެންޓަރުތައް ގާއިމުކުރުމަކީ ސަރުކާރުގެ މުހިންމު އަމާޒެކެވެ.
Ads by MACL
