ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

އަތޮޅު ތެރެއިން: ޅައިމަގު ކައުންސިލް އިމާރާތުގެ 65 އިންސައްތަ މަސައްކަތް ނިމިއްޖެ

ޅައިމަގު ކައުންސިލް އިމާރާތުގެ 65 އިންސައްތަ މަސައްކަތް ވަނީ ނިމިފައި ----
ޅައިމަގު ކައުންސިލް އިމާރާތުގެ 65 އިންސައްތަ މަސައްކަތް ވަނީ ނިމިފައި ----

ކޮންޓްރެކްޓަރ ފައިނޭންސް އުޞޫލުން ޢިމާރާތްކުރަމުންދާ 55 ކައުންސިލް އިދާރާގެ ތެރޭގައި ހިމެނޭ ށ. ޅައިމަގު ކައުންސިލު ޢިމާރާތުގެ 65 އިންސައްތަ މަސައްކަތް ނިމިއްޖެއެވެ.

ރަޝީދު ކާޕެންޓްރީ އެންޑް ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑް (އާރް.ސީ.ސީ) އާ ހަވާލުކޮށްގެން ކުރިއަށްގެންދާ މި މަޝްރޫޢުގެ ދަށުން، ޅައިމަގު ކައުންސިލް އިމާރާތުގައި މިހާރު ކުރިއަށް ދަނީ ސީލިންގ މަސައްކަތުގެ އިތުރުން މުށި ޖެހުމުގެ މަސައްކަތެވެ.

މި މަޝްރޫޢުގެ ދަށުން އަލަށް ޢިމާރާތްކުރެވޭ ކައުންސިލް އިދާރާތައް ހުންނާނީ ޒަމާނީ ފެންވަރަށް އަޕްގްރޭޑް ކުރެވިފައެވެ. އަދި އެ ތަންތަން ކައުންސިލްތަކާ ޙަވާލުކުރާނީ ފުލީ-ފާނިޝްޑް ތަންތަނުގެ ގޮތުގައި، ބޭނުންވާ ހުރިހާ މޭޒާއި، ގޮނޑި އަދި ކައުންޓަރުތަކާއެކުގައެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ޒަޢާމަތުގައި ކައުންސިލް އިދާރާތައް ތަރައްޤީކުރުމަށް ހިންގާ މަޝްރޫޢުތަކުގެ ތެރެއިން ޖުމްލަ 105 ރަށެއްގައި ކައުންސިލް އިދާރާގެ އާ ޢިމާރާތް އެޅުމަށް ވަނީ ހަމަޖެހިފައެވެ.

އޭގެ ތެރޭގައި ހިމެނެނީ އާރުސީސީއާ ޙަވާލުކޮށްގެން ކުރިއަށް ގެންދާ 55 ކައުންސިލްގެ މަސައްކަތުގެ އިތުރުން، ޗައިނާ ސަރުކާރުގެ ހިލޭ އެހީގެ ދަށުން ޢިމާރާތްކުރުމަށް ހަމަޖެހިފައިވާ 50 ކައުންސިލް އިދާރާއެވެ.