ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

ޑިންގީއަކާއި ލޯންޗެއް ޖެހި ނުރައްކާތެރި ބޮޑު އެކްސިޑެންޓެއް، 5 މީހަކަށް ފަރުވާދޭއިރު އެކަކުގެ ހާލު ސީރިއަސް

ޑިންގީއަކާއި ލޯންޗެއް ޖެހި ނުރައްކާތެރި ބޮޑު އެކްސިޑެންޓެއް، 5 މީހަކަށް ފަރުވާދޭއިރު އެކަކުގެ ހާލު ސީރިއަސް

ފީނަން ނިކުމެ އުޅުނު ބައެއް ދަތުރުކުރަމުން ދިޔަ ޑިންގީ އަކާއި ލޯންޗެއް ޖެހި ހިނގި އެކްސިޑެންޓެއްގައި ޒަހަމްވި  2 ޒުވާނަކަށް ހޮސްޕިޓަލުގައި ފަރުވާ ދޭން ފަށައިފިއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ފީނަން ނިކުމެ އުޅުނީ މަޑުއްވަރީ ދޯންޏެއްގެ ބައެކެވެ. ލޯންޗަކީ ޅ ހިންނަވަރު ކައިރިން ދަތުރުކުރަމުން ދިޔަ ލޯންޗެކެވެ.

މި ނޫހަށް މައުލޫމާތު ލިބިފައިވާ ގޮތުގައި އެކްސިޑެންޓްގައި އަނިޔާވީ މަޑުއްވަރީ 5 ޒުވާނަކަށެވެ. މިއީ އެރަށުގައި މަސްވެރިކަން ކުރާ ދޯންޏެއްގައި މަސައްކަތް ކުރާ ބައެކެވެ.

އިތުރު މަސްދަރަކުން މައުލޫމާތު ލިބުނު ގޮތުގައި ފީނަން ނިިކުމެ އުޅުނު ޑީންގީގެ މަތިން ލޯންޗު ދިއުމުގެ ސަބަބުން ބުރަފަތިން ޖެހި އެކަކަށް ވަނީ ބޮޑެތި ޒަހަމްތަކެއް ލިބިފައެވެ. އޭނާގެ ހާލު ސީރިއަސްއެވެ.

ފުލުހުން ޖީލަށް މައުލޫމާތު ދިންގޮތުން އެކްސިޑެންޓްވި ޑިންގީ ވަނީ ބޭނުން ނުކުރެވޭ ވަރަށް ހަލާކުވެފައެވެ.

އަނިޔާވި މީހުންނަށް ފަރުވާ ދެމުންދަނީ ޅ ހިންނަވަރު ހޮސްޕިޓަލުގައެވެ.