ނިއު އާއި ބުރު ސްޕޯޓްގެ މެޗުން ކަޕްވިނާސް ކަޕް މާދަމާ ހަވީރު ފަށަނީ!
ރާއްޖޭގެ މިއަހަރުގެ ފުޓްބޯޅަ ސީޒަން ފެށުމުގެ ގޮތުން ބާއްވާ ފުރަތަމަ މުބާރާތަކީ ކަޕް ވިނާސް ކަޕް ކަމަށް ކަނޑައަޅައި، މާދަމާ އެ މުބާރާތް ފެށުމަށް ތާވަލުކޮށްފިއެވެ.
ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން ސީޒަން ކަލަންޑަރާއި މުބާރާތުގެ ތަފުސީލުތައް މީޑިއާއަށް ރަސްމީކޮށް ހާމަނުކުރި ނަމަވެސް، މިދިޔަ ސީޒަނުގެ ދިވެހި ޕްރިމިއާ ލީގުގެ ގަދަ ހަތަރު ޓީމާއެކު މާދަމާ ހަވީރު މުބާރާތް ފަށާނެކަން ވަނީ ކްލަބުތަކަށް އަންގައިފައެވެ.
މިއަހަރުގެ ސީޒަން ހުޅުވުމަށް ކުޅުނު އެފްއޭ ޗެރިޓީ ޝީލްޑް މެޗުގައި ނިއު ރޭޑިއަންޓް ބަލިކޮށް، މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނުން ވަނީ ހަތްވަނަ ފަހަރަށް ޝީލްޑް ކާމިޔާބުކޮށްފައެވެ.
Ads by BMLކަޕް ވިނާސް ކަޕްގައި ވާދަކުރާ ހަތަރު ޓީމަކީ މިދިޔަ ސީޒަނުގެ ލީގު ޗެމްޕިއަން މާޒިޔާ، އެފްއޭ ކަޕްގެ ޗެމްޕިއަން ނިއު ރޭޑިއަންޓް، ޕްރެޒިޑެންޓްސް ކަޕްގެ ޗެމްޕިއަން އޮޑި ސްޕޯޓްސް ކްލަބް އަދި ލީގުގެ ގަދަ ހަތަރެއްގައި ހިމެނުނު ބުރު ސްޕޯޓްސް ކްލަބެވެ.
މުބާރާތުގެ ފުރަތަމަ މެޗުގައި މާދަމާ ހަވީރު ނިއު ރޭޑިއަންޓް ނުކުންނާނީ ބުރު ސްޕޯޓްސްއާ ދެކޮޅަށެވެ. އަދި މާދަމާރޭ ކުޅޭ މެޗުގައި މާޒިޔާ ބައްދަލުކުރާނީ އޮޑި ސްޕޯޓްސްއާއެވެ.
މުބާރާތުގެ ދެވަނަ ބުރުގެ މެޗުތައް އަންނަ ބުރާސްފަތި ދުވަހު އޮންނައިރު، ހަވީރު މާޒިޔާ އާއި ބުރު ސްޕޯޓްސް ބައްދަލުކުރާއިރު، ރޭގަނޑު ކުޅޭނީ ނިއު ރޭޑިއަންޓާއި އޮޑި ސްޕޯޓްސްއެވެ. މި މެޗުތަކަށްފަހު މުބާރާތް މެދުކަނޑާލާނީ މި މަހުގެ 11 ވަނަ ދުވަހު އޭއެފްސީ ޗެލެންޖު ލީގުގެ ކޮލިފައިންގައި މާޒިޔާ ކުޅޭ މެޗަށެވެ. އެ މެޗުގައި މާޒިޔާ ބައްދަލުކުރާނީ ތަޖިކިސްތާންގެ ރެގާރުއާއެވެ.
މިއަހަރުގެ ސީޒަން ހުޅުވުމަށް ކުޅުނު އެފްއޭ ޗެރިޓީ ޝީލްޑް މެޗުގައި ނިއު ރޭޑިއަންޓް ބަލިކޮށް، މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނުން ވަނީ ހަތްވަނަ ފަހަރަށް ޝީލްޑް ކާމިޔާބުކޮށްފައެވެ.
ކަޕް ވިނާސް ކަޕްގައި ވާދަކުރާ ހަތަރު ޓީމަކީ މިދިޔަ ސީޒަނުގެ ލީގު ޗެމްޕިއަން މާޒިޔާ، އެފްއޭ ކަޕްގެ ޗެމްޕިއަން ނިއު ރޭޑިއަންޓް، ޕްރެޒިޑެންޓްސް ކަޕްގެ ޗެމްޕިއަން އޮޑި ސްޕޯޓްސް ކްލަބް އަދި ލީގުގެ ގަދަ ހަތަރެއްގައި ހިމެނުނު ބުރު ސްޕޯޓްސް ކްލަބެވެ.
މުބާރާތުގެ ފުރަތަމަ މެޗުގައި މާދަމާ ހަވީރު ނިއު ރޭޑިއަންޓް ނުކުންނާނީ ބުރު ސްޕޯޓްސްއާ ދެކޮޅަށެވެ. އަދި މާދަމާރޭ ކުޅޭ މެޗުގައި މާޒިޔާ ބައްދަލުކުރާނީ އޮޑި ސްޕޯޓްސްއާއެވެ.
މުބާރާތުގެ ދެވަނަ ބުރުގެ މެޗުތައް އަންނަ ބުރާސްފަތި ދުވަހު އޮންނައިރު، ހަވީރު މާޒިޔާ އާއި ބުރު ސްޕޯޓްސް ބައްދަލުކުރާއިރު، ރޭގަނޑު ކުޅޭނީ ނިއު ރޭޑިއަންޓާއި އޮޑި ސްޕޯޓްސްއެވެ. މި މެޗުތަކަށްފަހު މުބާރާތް މެދުކަނޑާލާނީ މި މަހުގެ 11 ވަނަ ދުވަހު އޭއެފްސީ ޗެލެންޖު ލީގުގެ ކޮލިފައިންގައި މާޒިޔާ ކުޅޭ މެޗަށެވެ. އެ މެޗުގައި މާޒިޔާ ބައްދަލުކުރާނީ ތަޖިކިސްތާންގެ ރެގާރުއާއެވެ.
ލީގު ބުރުގެ ފަހު މެޗުތައް މި މަހުގެ 15 ވަނަ ދުވަހު އޮންނައިރު، ހަވީރު އޮޑި ސްޕޯޓްސް އާއި ބުރު ސްޕޯޓްސް ކުޅޭނެއެވެ. އަދި އެރޭ މާޒިޔާ ނުކުންނާނީ ނިއު ރޭޑިއަންޓާ ދެކޮޅަށެވެ. ލީގު ބުރުން އެންމެ ގިނަ ޕޮއިންޓް ހޯދާ ދެ ޓީމުގެ މެދުގައި ކުޅޭ ފައިނަލް މެޗު އޮންނާނީ މި މަހުގެ 18 ވަނަ ދުވަހުގެރޭގައެވެ.
ރާއްޖޭގެ ފުޓްބޯޅައިގެ ފޯރިގަދަ މުބާރާތެއްގެ ގޮތުގައި ފާހަގަކުރެވުނު ކަޕް ވިނާސް ކަޕް އަލުން މި ފަށަނީ 18 އަހަރުގެ މެދުކެނޑުމަކަށް ފަހުއެވެ. މި މުބާރާތް އެންމެ ފުރަތަމަ ބާއްވާފައިވަނީ 1995 ވަނަ އަހަރުއެވެ.
އެންމެ ފަހުން 2008 ވަނަ އަހަރު ބޭއްވި މި މުބާރާތުގެ ޗެމްޕިއަންކަން ހޯދީ ނިއު ރޭޑިއަންޓެވެ. މި މުބާރާތުގެ ތާރީޚުގައި އެންމެ ކާމިޔާބު ޓީމަކީ ހަ ފަހަރު ތަށި އުފުލާލާފައިވާ ކްލަބް ވެލެންސިއާއެވެ.
Ads by MACL
