ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

ޓެރަރިޒަމްގެ މައްސަލައެއްގެ ތަހުގީގަށް މީހަކު ހޯދަން އިއުލާންކޮށްފި

ޓެރަރިޒަމްގެ މައްސަލައެއްގެ ތަހުގީގަށް މީހަކު ހޯދަން އިއުލާންކޮށްފި

ޓެރަރިޒަމާއި ހައްދުފަހަނައެޅުމުގެ މައްސަލަތައް ތަހުގީގުކުރާ ހާއްސަ ޔުނިޓުން ބަލަމުންދާ މައްސަލައެއްގެ ތަހުގީގަށް، ށ. ކޮމަންޑޫ، ހިޔަލީގޭ އިބްރާހިމް އަޒުހަދު ހާޒިރުވާން އަންގައި ފުލުހުންގެ އިދާރާއިން މިއަދު އާންމު އިއުލާނެއް ނެރެފިއެވެ.

ފުލުހުންގެ އިދާރާއިން މައުލޫމާތު ދޭ ގޮތުގައި، އަޒުހަދު އުޅޭ ވަކިތަނެއް ނޭނގުމުގެ ސަބަބުން ތަހުގީގަށް ހާޒިރުވުމުގެ ޗިޓު އޭނާއާ ހަވާލުކުރެވިފައި ނުވާތީ، މިއިއުލާން ނެރެފައިވަނީ ޖިނާއީ މައްސަލަތައް ތަހުގީގުކުރުމުގައި ފުލުހުން އަމަލުކުރާ އިޖުރާއަތުގެ ގަވާއިދުގެ ދަށުންނެވެ.

މި އަންގަންވާ އެންގުމާ އެއްގޮތަށް، އަންނަ އޮގަސްޓް މަހުގެ 15 ވަނަ ދުވަހުގެ މެންދުރުފަހު 3:00 އަށް ސާޖަންޓް އާދަމް ހަލީމް ކްރިމިނަލް އިންވެސްޓިގޭޝަން ބިލްޑިންގަށް ހާޒިރުވުމަށް ފުލުހުން ވަނީ އަޒުހަދަށް އަންގާފައެވެ.