ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

ހުދަންބަރެއް ހޮވައިފި، 2 ޒުވާނަކު ހޮވި މާވަހަރުގައި 5 ކިލޯ!

އިހަވަންދޫ ޒުވާނުން ހޮވި މާވަހަރު -- ސޯސް: އިހަވަންދޫ ޑޮޓްކޮމްގެ ފޭސްބުކް ޕޭޖް
އިހަވަންދޫ ޒުވާނުން ހޮވި މާވަހަރު -- ސޯސް: އިހަވަންދޫ ޑޮޓްކޮމްގެ ފޭސްބުކް ޕޭޖް

ހއ. އިހަވަންދޫގެ ދެ ޒުވާނަކު މާވަހަރެއް ކަމަށް ބެލެވޭ އެއްޗެއް ހޮވައިފިއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި މާވަހަރެއް ކަމަށް ބެލެވޭ މި އެތި ހޮވާފައިވަނީ ރެކްރިއޭޝަނަލް މަސްވެރިކަމަށް ނުކުމެ އުޅުމުގެ ތެރޭގައި މިއަދު ހެނދުނު 9:30 އާއި 10:00 އާއި ދެމެދުގެ ވަގުތެއްގައެވެ.

މިކަމާ ގުޅޭގޮތުން މައުލޫމާތު ދެމުން އެ ދެ ޒުވާނުންގެ ތެރެއިން އެކަކު ބުނީ، ހޮވާފައިވާ މާވަހަރުގެ ބަރުދަނުގައި ގާތްގަނޑަކަށް 3 ކިލޯއާއި 5 ކިލޯއާއި ދެމެދުގެ ބަރުދަނެއް ހުންނާނެ ކަމަށް އަންދާޒާ ކުރެވޭ ކަމަށެވެ.

މާވަހަރަކީ ކަނޑު މަސްމަހާމެހީގެ ތެރެއިން ޚާއްޞަކޮށް ބޮޑުމަހުގެ ބަނޑުތެރޭގައި އުފެދި، އޭގެ ފަހުން ކަނޑަށް ބޭރުވާ މަދަރުސީ މާއްދާއެކެވެ. މިއީ ސެންޓު އުފެއްދުމަށާއި ބޭސްވެރިކަމަށް ވަރަށް އަގުހުރި، ދުނިޔޭގެ ބާޒާރުގައި ބޮޑު އަގުލިބޭ އެއްޗެކެވެ.

މާވަހަރުގެ ތަފާތު ބާވަތްތައް ހުންނައިރު، އޭގެ ތެރޭގައި ހުދަންބަރު، ގަސްއަންބަރު، އަދި ކަޅުއަންބަރު ހިމެނެއެވެ. މީގެ ތެރެއިން "ހުދަންބަރު" އަކީ ކަނޑުމަތީގައި ގިނަ ދުވަސްވެ، އިރާއި ލޮނުގެ އަސަރުކުރުމުގެ ސަބަބުން ކުލަ އަލިވެ، ވަސް ރަނގަޅުވެފައިވާ، އެންމެ މަތީ ފެންވަރުގެ މާވަހަރުގެ ބާވަތެކެވެ.