ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

އަތޮޅުތެރެއިން: ހދ. ނެއްލައިދޫ ހެލްތް ސެންޓަރު ފައުންޑޭޝަން ކޮންކްރީޓްގެ މަސައްކަތް ކުރިއަށްދަނީ

އަތޮޅުތެރެއިން: ހދ. ނެއްލައިދޫ ހެލްތް ސެންޓަރު ފައުންޑޭޝަން ކޮންކްރީޓްގެ މަސައްކަތް ކުރިއަށްދަނީ

ހދ. ނެއްލައިދޫ ސިއްޙީ މަރުކަޒު އަޕްގްރޭޑް ކުރުމުގެ މަޝްރޫޢުގެ ތެރެއިން، އެ އިމާރާތުގެ ފައުންޑޭޝަން ކޮންކްރީޓް ކުރުމުގެ މަސައްކަތްތައް ބާރަށް ކުރިއަށްދާކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އިން ހާމަކޮށްފިއެވެ.

މި މަޝްރޫޢުގެ އެންމެ ފަހުގެ މަޢުލޫމާތު ހިއްސާކުރަމުން އެމްޓީސީސީއިން ބުނެފައިވަނީ، އިމާރާތުގެ ފައުންޑޭޝަން ވަރުގަދަކުރުމުގެ ގޮތުން ކުރިއަށްގެންދާ ފޫޓިންގ ކޮންކްރީޓް އެޅުމުގެ މަސައްކަތްތައް މިހާރު ހިނގަމުންދާ ކަމަށެވެ.

ރައްޔިތުންނަށް ފެންވަރު ރަނގަޅު ސިއްޙީ ޚިދުމަތެއް ފޯރުކޮށްދިނުމުގެ މަޤްޞަދުގައި ކުރިއަށްގެންދާ މި މަޝްރޫޢު ނިމުމުން، ނެލައިދޫގެ ސިއްޙީ މަރުކަޒުގެ ޖާގައިގެ ދަތިކަމަށް ބޮޑު ހައްލެއް ލިބި، ރައްޔިތުންނަށް ލިބޭ ޚިދުމަތްތައް އިތުރަށް ފުޅާވެގެންދާނެއެވެ.