ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

ތިލަފުށި އެމްޕީއެލް ސައިޓުގެ އެއްގަމުތޮއްޓާއި ޕޭވިންގ މަސައްކަތުގެ ބޮޑު ބައެއް ކުރިއަށް

ތިލަފުށި އެމްޕީއެލް ސައިޓުގެ އެއްގަމުތޮއްޓާއި ޕޭވިންގ މަސައްކަތުގެ ބޮޑު ބައެއް ކުރިއަށް

ކ.ތިލަފުށީގައި އޮންނަ މާލެ ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) ސައިޓުގައި 100 މީޓަރުގެ އެއްގަމުތޮށި ޑިޒައިން ކުރުމާއި، ބާކީ ހުރި ޕޭވިންގ މަސައްކަތްތައް ކުރުމުގެ މަޝްރޫޢުގެ މަސައްކަތްތައް ބާރުސްޕީޑުގައި ކުރިއަށްދާކަމަށް އެމްޓީސީސީން ހާމަކޮށްފިއެވެ.

މި މަޝްރޫޢުގެ ތެރެއިން މިހާރު ކުރިއަށްދަނީ ޝީޓް ޕައިލް އިންސްޓޯލް ކުރުމުގެ މަސައްކަތާއި، ބިން އެއްވަރުކޮށް ކޮމްޕެކްޓް ކުރުމުގެ މަސައްކަތުގެ އިތުރުން ސައިޓުން އިތުރުވާ ވެލި ނެގުމުގެ މަސައްކަތްތަކެވެ.

މި މަޝްރޫޢަކީ ތިލަފުށީގެ އެމްޕީއެލް ސައިޓުގެ އިންފްރާސްޓްރަކްޗަރ ވަރުގަދަކޮށް، ޚިދުމަތްތައް އިތުރަށް ހަރުދަނާކުރުމުގެ ގޮތުން އެމްޓީސީސީއާ ހަވާލުކޮށްގެން ކުރިއަށްގެންދާ މުހިންމު މަޝްރޫޢެކެވެ.