ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

އަތޮޅުތެރެއިން: ރ.މަޑުއްވަރީ އާ ކައުންސިލް އިދާރާގެ 80 އިންސައްތަ މަސައްކަތް ނިމިއްޖެ

ރާއްޖޭގެ 55 ރަށެއްގައި ކައުންސިލް އިދާރާތައް ބިނާކުރުމަށް ހިންގާ ބިޔަ މަޝްރޫޢުގެ ދަށުން އެންމެ ފުރަތަމަ ބިންގާ އަޅައިގެން މަސައްކަތް ފެށި ރ. މަޑުއްވަރީ ކައުންސިލް އިދާރާ ----
ރާއްޖޭގެ 55 ރަށެއްގައި ކައުންސިލް އިދާރާތައް ބިނާކުރުމަށް ހިންގާ ބިޔަ މަޝްރޫޢުގެ ދަށުން އެންމެ ފުރަތަމަ ބިންގާ އަޅައިގެން މަސައްކަތް ފެށި ރ. މަޑުއްވަރީ ކައުންސިލް އިދާރާ ----

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒުގެ ޒަޢާމަތުގައި، ރާއްޖޭގެ 55 ރަށެއްގައި ކައުންސިލް އިދާރާތައް ބިނާކުރުމަށް ހިންގާ ބިޔަ މަޝްރޫޢުގެ ދަށުން އެންމެ ފުރަތަމަ ބިންގާ އަޅައިގެން މަސައްކަތް ފެށި ރ. މަޑުއްވަރީ ކައުންސިލް އިދާރާގެ އައު އިމާރާތުގެ ބޮޑު ބައެއް ނިމި، އަމަލީ މަސައްކަތުގެ 80 އިންސައްތަ މިހާރު ވަނީ ފުރިހަމަކުރެވިފައެވެ.

މާޅޮސްމަޑުލު އުތުރުބުރީ މަޑުއްވަރީގައި އިމާރާތް ކުރަމުންދާ ދެ ބުރީގެ މި އައު އިދާރާގެ ބިންގާ އަޅުއްވައިދެއްވީ ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގެވުމާއި، އާންމު މަސައްކަތްތަކާ ބެހޭ ކުރީގެ ވަޒީރު އާދަމް ޝަރީފު ޢުމަރެވެ. މި މަޝްރޫއުގެ ދަށުން އިމާރާތުގެ ފިނިޝިން މަސައްކަތްތަކާއި އެތެރޭގެ ޑިޒައިނިން އަދި ކަރަންޓާއި ފެނުގެ ނެޓްވޯކް ގުޅުވުމުގެ މަސައްކަތްތައް މިހާރު ދަނީ ހަލުވިކަމާއެކު ކުރިއަށެވެ.

މި އައު އިމާރާތުގެ މަސައްކަތް މުޅިން ނިމި ބޭނުންކުރަން ފެށުމުން، ކުރިން ދިމާވަމުންދިޔަ ޖާގައިގެ ދަތިކަމަށް ދާއިމީ ހައްލެއް ލިބި، ކައުންސިލްގެ އިދާރީ މުވައްޒަފުންނަށް ފަސޭހަކަމާއެކު މަސައްކަތް ކުރެވޭނެ ޒަމާނީ ވަސީލަތްތައް ގާއިމުވެގެންދާނެއެވެ. އަދި މިއީ ރައްޔިތުންނަށް ފޯރުކޮށްދޭ ހިދުމަތްތައް އިތުރަށް ހަރުދަނާކޮށް، ލުއިފަސޭހަ މާހައުލެއްގައި ހިދުމަތް ދިނުމަށް މަގުފަހިވެގެންދާނެ ކަމެކެވެ.

މަޑުއްވަރީ ކައުންސިލުން އުންމީދު ކުރަނީ ކުރިއަށް އޮތް ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ބާކީ ހުރި ނުނިމި ހުރި މަސައްކަތްތައް މުޅިން ނިންމައި، އާ އިމާރާތުން ރަސްމީކޮށް ހިދުމަތް ދޭން ފެށޭނެ ކަމަށެވެ.