ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

އަތޮޅުތެރެއިން: ފުނަދޫ މަގުހެދުމުގެ ދެވަނަ ފިޔަވަހީގެ އަމަލީ މަސައްކަތަށް ބޭނުންވާ ސާމާނު އެރަށަށް ގެންގޮސްފި

ށ. ފުނަދޫ މަގު ހެދުމުގެ ބޮޑު ޕްރޮޖެކްޓުގެ ދެވަނަ ފިޔަވަހީގެ އަމަލީ މަސައްކަތް ފެށުމަށްޓަކައި ބޭނުންވާ ބައެއް ސާމާނުތައް އެރަށަށް ގެންދަނީ ---
ށ. ފުނަދޫ މަގު ހެދުމުގެ ބޮޑު ޕްރޮޖެކްޓުގެ ދެވަނަ ފިޔަވަހީގެ އަމަލީ މަސައްކަތް ފެށުމަށްޓަކައި ބޭނުންވާ ބައެއް ސާމާނުތައް އެރަށަށް ގެންދަނީ ---

ށ. ފުނަދޫ މަގު ހެދުމުގެ ބޮޑު ޕްރޮޖެކްޓުގެ ދެވަނަ ފިޔަވަހީގެ އަމަލީ މަސައްކަތް ފެށުމަށްޓަކައި ބޭނުންވާ ބައެއް ސާމާނުތައް މިއަދު އެ ރަށަށް ގެންގޮސްފިއެވެ.

ފުނަދޫގެ މަގުތައް ހެދުމުގެ ފުރަތަމަ ފިޔަވަހީގެ މަސައްކަތް 2018 ވަނަ އަހަރު ނިންމާލާފައިވީ ނަމަވެސް، ވޭތުވެދިޔަ އެމްޑީޕީގެ ފަސް އަހަރުގެ ވެރިކަން ނިމިގެން ދިޔައީ ދެވަނަ ފިޔަވަހީގެ އަމަލީ މަސައްކަތް ނުފެށިއެވެ. އަދި އެ ޕްރޮޖެކްޓް ކުރިއަށް ނުގެންގޮސް ދޫކޮށްލާފައި އޮތުމަކީ އެމްޑީޕީން ފުނަދޫގެ ތަރައްޤީއަށް ވީ ބޮޑު އިހުމާލެއްގެ ގޮތުގައި ވަނީ ފާހަގަކުރެވިފައެވެ.

ރައީސުލްޖުމްހޫރިއްޔާ ډރ. މުޙައްމަދު މުޢިއްޒުގެ ވެރިކަމުގެ ދައުރުގެ ދެބައިކުޅައެކު ވެގެންދިޔައިރު، މި މުހިންމު ޕްރޮޖެކްޓުގެ ދެވަނަ ފިޔަވަހީގެ އަމަލީ މަސައްކަތް ފެށުމަށްޓަކައި ކުރަންޖެހޭ ގިނަ މަސައްކަތްތަކާއި ވާންޖެހޭ ތައްޔާރީތައް މިހާރު ވަނީ ވެ ނިމިފައެވެ.

އެއާއެކު ދާދި އަވަހަށް މަގުހެދުމުގެ ދެވަނަ ފިޔަވަހީގެ އަމަލީ މަސައްކަތް ފެށިގެންދާނެއެވެ. މި ފިޔަވަހީގެ ދަށުން ފުނަދޫގެ މުހިންމު އަދި ބޮޑެތި ގިނަ މަގުތަކެއް، ކުރިއާ ތަފާތުކޮށް އެންމެ ޒަމާނީ ފެންވަރަށް ތަރައްޤީ ކުރެވިގެންދާނެ ކަމަށް ވަނީ މަޢުލޫމާތު ލިބިފައެވެ.

މި ކަމުން އަންގައިދެނީ ޕީއެންސީގެ ސަރުކާރަކުން ރައްޔިތުންގެ ތަރައްޤީއަށް އިސްކަންދޭ މިންވަރާއި، އެމްޑީޕީގެ ވެރިކަމާ ހުރި ބޮޑު ތަފާތެވެ.