އަމީނީމަގު ބަންދުކުރުމާއެކު އާރްޓީއެލް ބަސް ދަތުރުތަކަށް ބޮޑު ބަދަލެއް
އަމީނީމަގު ތަރައްޤީކުރުމުގެ މަޝްރޫޢުގެ ދަށުން އެ މަގުގެ ބައެއް އާންމު ދަތުރުފަތުރަށް ބަންދުކުރުމާ ގުޅިގެން، މާލޭގައި ފޯރުކޮށްދޭ އާރްޓީއެލް ބަހުގެ ޚިދުމަތުގެ ރޫޓްތަކަށް އެމްޓީސީސީން މުހިންމު ބަދަލުތަކެއް ގެނެސްފިއެވެ.
އެމްޓީސީސީން މަޢުލޫމާތު ދޭ ގޮތުގައި، އަމީނީމަގުގެ ސެގްމަންޓް 1 މަރާމާތުކުރުމުގެ މަސައްކަތަށްޓަކައި އިއްޒުއްދީން މަގާ ހިސާބުން ފެށިގެން ދަރުމަވަންތަ ހޮސްޕިޓަލާ ހަމައަށް އޮންނަ ސަރަހައްދު ވަނީ އާންމު ދަތުރުފަތުރަށް ބަންދުކޮށްފައެވެ.
https://twitter.com/MTCCPlc/status/2083949460883955828މި ބަދަލާއެކު އާރްޓީއެލް ބަހުގެ ރޫޓް-10 (އޯކިޑް ރޫޓް)ގެ ދަތުރުތައް ދެން ފަށައި އަދި ނިންމާނީ ވެސްޓް ޕާކު ބަސް ސްޓޮޕަށެވެ. އަދި ސެގްމަންޓް 1ގެ މަސައްކަތް ނިމެންދެން ސޯޝަލް ސެންޓަރާއި، އައިޖީއެމްއެޗްގެ އިތުރުން ދަރުމަވަންތަ ބަސް ހުއްޓިއަށް ރޫޓް-10ގެ ބަސްތައް ދެން މަޑެއް ނުކުރާނެއެވެ.
މީގެ އިތުރުން، މަގު ބަންދުކުރުމާ ގުޅިގެން ރޫޓް-11ގެ ދަތުރުތައް ވެސްޓް ޕާކު ބަސް ސްޓޮޕަށް މަޑުކުރާ ގޮތަށް ހަމަޖައްސާފައިވާއިރު، ރޫޓް-1، ރޫޓް-3، ރޫޓް-7 އަދި ރޫޓް-15ގެ ދަތުރުތަކަށްވެސް ވަނީ އެކަށީގެންވާ ބަދަލުތަކެއް ގެނެސްފައެވެ.
Ads by MACL
