ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

ޑޯރީގެ ހެޓްރިކާއިއެކު ނިއުރޭޑިއަންޓުން މުބާރާތުގެ ފުރަތަމަ މެޗު ފަސޭހަކަމާއިއެކު ކާމިޔާކޮށްފި

ގޯލު ޖެހުމަށްފަހު ނިއުގެ ކުޅުންތެރިން އުފާފާޅު ކުރަނީ: ފޮޓޯ: ޔޫސުފް ފަވާޒް/ ޖީލުއޮންލައިން
ގޯލު ޖެހުމަށްފަހު ނިއުގެ ކުޅުންތެރިން އުފާފާޅު ކުރަނީ: ފޮޓޯ: ޔޫސުފް ފަވާޒް/ ޖީލުއޮންލައިން

މެދުކެނޑުމަކަށްފަހު މިއަދު ފެށި ކަޕް ވިނާސް ކަޕުގެ ފުރަތަމަ މެޗުގައި ބުރު ސްޕޯޓްސް ކުލަބާއި ވާދަކޮށް ނިއުރޭޑިއަންޓުން ފުރަތަމަ މެޗު ފަސޭހަ ކަމާއިއެކު ކާމިޔާބުކޮށްފިއެވެ.

މިމުބާރާތް މިއަދު އަލުން ފަށާފައިވަނީ 8 އަހަރުގެ މެދުކެނޑުމަކަށް ފަހުއެވެ.

މިއީ ބުރު ސްޕޯޓްސް ކުލަބު ކަޕް ވިނާސް ކަޕް ކުޅޭ ފުރަތަމަ ފަހަރެވެ. މިއަދުގެ މެޗު ނިއުއިން ކާމިޔާބު ކުރީ 5-0 ގެ ތަފާތު ބޮޑު ނަތީއްޖާއަކުންނެވެ.

މި މެޗުގެ ފުރަތަމަ ހާފް ނިމުނުއިރު 1-0 އިން ކުރީގައި ނިއު އޮތް އިރު މިމެޗުގައި ތަފާތަކަށް ވީ އެޓީމަށް ގެނައި މޮޅު ބިދޭސީ ކުޅުންތެރިޔާ ޑޮރިއެލްޓޯން އެވެ.

މި މެޗުގައި އޭނާ ވަނީ 3 ލަނޑު ޖަހައި ހެޓްރިކް ފުރިހަމަ ކޮށްފައެވެ.

މިމެޗުގައި ދެން ނިއުއަށް ގޯލުތައް ކާމިޔާބުކޮށްދިނީ އަލީ ފާސިރު ( ސެންޓޭ) އާއި ބިދޭސީ ކުޅުންތެރިޔާ ބިލިޓީއެވެ.

ރެފްރީގެ ނިންމުންތަކާއި ދެކޮޅަށް 2 ޓީމުން ވެސް ޝަކުވާ ކުރިއިރު ނިއުރޭޑިއަންޓްގެ އެސިސްޓަންޓް މެނޭޖަރ ފަސީމް މުހައްމަދަށް ވަނީ 2 ރީނދޫ ކާޑާއިއެކު ރަތްކާޑު ދައްކާފައެވެ.

މި މުބާރާތުގައި މިރޭ ކުޅޭނީ  އޮޑި އާއި މާޒިޔާ އެވެ.

މުބާރާތުގެ ދެވަނަ ބުރުގެ މެޗުތައް އަންނަ ބުރާސްފަތި ދުވަހު އޮންނައިރު، ހަވީރު މާޒިޔާ އާއި ބުރު ސްޕޯޓްސް ބައްދަލުކުރާއިރު، ރޭގަނޑު ކުޅޭނީ ނިއު ރޭޑިއަންޓާއި އޮޑި ސްޕޯޓްސްއެވެ. މި މެޗުތަކަށްފަހު މުބާރާތް މެދުކަނޑާލާނީ މި މަހުގެ 11 ވަނަ ދުވަހު އޭއެފްސީ ޗެލެންޖު ލީގުގެ ކޮލިފައިންގައި މާޒިޔާ ކުޅޭ މެޗަށެވެ. އެ މެޗުގައި މާޒިޔާ ބައްދަލުކުރާނީ ތަޖިކިސްތާންގެ ރެގާރުއާއެވެ.

މިއަހަރުގެ ސީޒަން ހުޅުވުމަށް ކުޅުނު އެފްއޭ ޗެރިޓީ ޝީލްޑް މެޗުގައި ނިއު ރޭޑިއަންޓް ބަލިކޮށް، މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނުން ވަނީ ހަތްވަނަ ފަހަރަށް ޝީލްޑް ކާމިޔާބުކޮށްފައެވެ.
ކަޕް ވިނާސް ކަޕްގައި ވާދަކުރާ ހަތަރު ޓީމަކީ މިދިޔަ ސީޒަނުގެ ލީގު ޗެމްޕިއަން މާޒިޔާ، އެފްއޭ ކަޕްގެ ޗެމްޕިއަން ނިއު ރޭޑިއަންޓް، ޕްރެޒިޑެންޓްސް ކަޕްގެ ޗެމްޕިއަން އޮޑި ސްޕޯޓްސް ކްލަބް އަދި ލީގުގެ ގަދަ ހަތަރެއްގައި ހިމެނުނު ބުރު ސްޕޯޓްސް ކްލަބެވެ.

މުބާރާތުގެ ފުރަތަމަ މެޗުގައި މާދަމާ ހަވީރު ނިއު ރޭޑިއަންޓް ނުކުންނާނީ ބުރު ސްޕޯޓްސްއާ ދެކޮޅަށެވެ. އަދި މާދަމާރޭ ކުޅޭ މެޗުގައި މާޒިޔާ ބައްދަލުކުރާނީ އޮޑި ސްޕޯޓްސްއާއެވެ.

މުބާރާތުގެ ދެވަނަ ބުރުގެ މެޗުތައް އަންނަ ބުރާސްފަތި ދުވަހު އޮންނައިރު، ހަވީރު މާޒިޔާ އާއި ބުރު ސްޕޯޓްސް ބައްދަލުކުރާއިރު، ރޭގަނޑު ކުޅޭނީ ނިއު ރޭޑިއަންޓާއި އޮޑި ސްޕޯޓްސްއެވެ. މި މެޗުތަކަށްފަހު މުބާރާތް މެދުކަނޑާލާނީ މި މަހުގެ 11 ވަނަ ދުވަހު އޭއެފްސީ ޗެލެންޖު ލީގުގެ ކޮލިފައިންގައި މާޒިޔާ ކުޅޭ މެޗަށެވެ. އެ މެޗުގައި މާޒިޔާ ބައްދަލުކުރާނީ ތަޖިކިސްތާންގެ ރެގާރުއާއެވެ.

ލީގު ބުރުގެ ފަހު މެޗުތައް މި މަހުގެ 15 ވަނަ ދުވަހު އޮންނައިރު، ހަވީރު އޮޑި ސްޕޯޓްސް އާއި ބުރު ސްޕޯޓްސް ކުޅޭނެއެވެ. އަދި އެރޭ މާޒިޔާ ނުކުންނާނީ ނިއު ރޭޑިއަންޓާ ދެކޮޅަށެވެ. ލީގު ބުރުން އެންމެ ގިނަ ޕޮއިންޓް ހޯދާ ދެ ޓީމުގެ މެދުގައި ކުޅޭ ފައިނަލް މެޗު އޮންނާނީ މި މަހުގެ 18 ވަނަ ދުވަހުގެރޭގައެވެ.

ރާއްޖޭގެ ފުޓްބޯޅައިގެ ފޯރިގަދަ މުބާރާތެއްގެ ގޮތުގައި ފާހަގަކުރެވުނު ކަޕް ވިނާސް ކަޕް އަލުން މި ފަށަނީ 18 އަހަރުގެ މެދުކެނޑުމަކަށް ފަހުއެވެ. މި މުބާރާތް އެންމެ ފުރަތަމަ ބާއްވާފައިވަނީ 1995 ވަނަ އަހަރުއެވެ.

އެންމެ ފަހުން 2008 ވަނަ އަހަރު ބޭއްވި މި މުބާރާތުގެ ޗެމްޕިއަންކަން ހޯދީ ނިއު ރޭޑިއަންޓެވެ. މި މުބާރާތުގެ ތާރީޚުގައި އެންމެ ކާމިޔާބު ޓީމަކީ ހަ ފަހަރު ތަށި އުފުލާލާފައިވާ ކްލަބް ވެލެންސިއާއެވެ.