އެމްޑީޕީގެ ދޮގު ލިސްޓަށް ވަޒީރު ސައީދުގެ ވަރުގަދަ ރައްދެއް: ހަގީގީ އަގުތަކާއެކު އިގުތިސާދީ ހަގީގަތް ހާމަކުރައްވައިފި
އޮގަސްޓް 12 ވަނަ ދުވަހު މުޒާހަރާ ކުރުމުގެ ބަހަނާއަކަށް ތަކެތީގެ އަގު ބޮޑުވެއްޖެ ކަމަށް ބުނެ ކުރީގެ ރައީސް މުހައްމަދު ނަޝީދާއި އެމްޑީޕީގެ ވެރީން ނެރުއްވި ތަކެތީގެ ލިސްޓްގައިވާ އަދަދުތައް ދޮގުކޮށް، އިގުތިސާދީ ތަރައްޤީއާއި ދަތުރުފަތުރާއި ވިޔަފާރިއާ ބެހޭ ވުޒާރާގެ ވަޒީރު މުޙައްމަދު ސައީދު އެމްޑީޕީއަށް ތަފާތު ގޮތަކަށް ވަރުގަދަ ރައްދެއް ދެއްވައިފިއެވެ.
އޮގަސްޓް 12 ވަނަ ދުވަހު މުޒާހަރާ ކުރާން ނިންމާ، އެކަމުގެ ބަހަނާއެއްގެ ގޮތުން އެމްޑީޕީން ދަނީ ތަކެތީގެ އަަގު ބޮޑުވުމާއި ތެލުގެ އަގު ބޮޑުވުމާ ގުޅިގެން އަޑު އުފުލާން ޖެހޭ ކަމަށް ބުނެ ރައްޔިތުންނަށް ހަގީގަތް އޮޅުވާލަމުން ކަމަށް ސަރުކާރުން ތުހުމަތު ކުރެއެވެ.
އިންސްޓަގްރާމްގައި އާންމުކުރެއްވި ވީޑިއޯއެއްގައި ވަޒީރު މުޙައްމަދު ސައީދު ވިދާޅުވީ އެމްޑީޕީން އުޅެނީ ހަމަޖެހުން ނަގާލާ ސިޔާސީ މަންފާއެއް ހޯދުމަށް ކަމަށެވެ. އަދި މި ފަހަރު އެ ބޭފުޅުން ގެންގުޅުއްވާ ދޮގަކީ ތަކެތީގެ އަގު ބޮޑުވެއްޖޭ ކިޔާފައި ފަތުރާ ވާހަކަތަކެއް ކަމަށް ވަޒީރު ފާހަގަކުރެއްވި އެވެ. ވަޒީރު ވަނީ ރާއްޖޭގައި ތެލުގެ އަގު ބޮޑު ކަމަށް ބުނެ ރައީސް ނަޝީދާއި އެމްޑީޕީން އޮޅުވާލަން ދައްކާ ވާހަކަތަކުގެ ހަގީގަތް ތަފާސްހިސާބުތަކުން ސާފުކޮށް ދެއްވާފަ އެވެ. ދުނިޔޭގެ ބާޒާރުގައި ހިނގަމުންދާ ހަނގުރާމައިގެ މި ޙާލަތުގައި ހުރިހާ ޤައުމުތަކެއްގައިވެސް ތެލުގެ އަގު ބޮޑުވެފައިވާއިރު، ރާއްޖޭގައި ތެލުގެ އަގު ބޮޑުވިޔަ ނުދިނުމަށްޓަކައި ސަރުކާރުން ވަނީ ހަރުދަނާ މުހިންމު ފިޔަވަޅުތަކެއް އަޅުއްވާފައެވެ.
Ads by BMLވަޒީރު ވަނީ ތެޔޮ އުފައްދާ އަދި އެތެރެކުރާ އެހެން ޤައުމުތަކާއި ރާއްޖެއާ ހުރި ތަފާތު އަދަދުތަކުން ވިދާޅުވެ ދެއްވާފަ އެވެ. އެގޮތުން ޕެޓްރޯލްގެ އަގު މިއަދު ސިންގަޕޫރުގައި ހުރީ ލީޓަރަކަށް 40.09 ރުފިޔާގެ ރޭޓުން ކަމަށާއި، ދުބާޢީގައި 14 ރުފިޔާއަށް އަދި އަވަށްޓެރި އިންޑިއާގައި 18 ރުފިޔާއަށް ހުރިއިރު، ރާއްޖޭގައި ޕެޓްރޯލް ލީޓަރެއް ހުރީ އެންމެ 16.01 ރުފިޔާއަށް ކަން ވަޒީރު ހާމަކުރެއްވި އެވެ. މީގެ އިތުރުން ޑީސަލްގެ އަގަށް ބަލާއިރު ރާއްޖޭގައި ޑީސަލް ލީޓަރެއް 17.54 ރުފިޔާގައި ހުރިއިރު، ސިންގަޕޫރުގައި އެ އަގު ހުރީ 41.63 ރުފިޔާގަ އެވެ. އަދި ދުބާޢީގައި 16.10 ރުފިޔާއަށް ޑީސަލް ލީޓަރެއް ލިބެން ހުރިއިރު، އިންޑިއާގައި އެ އަގު ހުރީ 15 ރުފިޔާގައެވެ.
ވަޒީރު އިތުރަށް ވިދާޅުވީ ޤައުމުގެ އިޤްްތިސާދު މި ސަރުކާރުން ދުޅަހެޔޮކޮށް، ތަކެތީގެ އަގު ހިފަހައްޓަން ފިޔަވަޅު އަޅަމުން ދަނީ ކުރީގެ ސަރުކާރުން އުފައްދާފައި އޮތް ބޮޑު ދަރަނިތައް ދައްކަމުން ކަމަށެވެ. އަދި އެމްޑީޕީގެ ސަރުކާރުން އެއްވެސް ހިފެހެއްޓުމެއް ނެތި ޗާޕްކުރި 8 ބިލިއަން ރުފިޔާގެ ސަބަބުން އިޤްތިސާދަށް ކުރިމަތިވެފައިވާ ބޮޑެތި މައްސަލަތައް ޙައްލުކުރަމުން ދާކަންވެސް އޭނާ ފާހަގަކުރެއްވި އެވެ. އެމްޑީޕީން އާންމުކުރި "ދޮގު ލިސްޓް" ގައި ހިމެނޭ ކުޑަކުދީން ބޭނުންކުރާ ހިކި ކިރާއި ބީފްގެ އަގާއި އޮލިވް އޮއިލްގެ އަގުތަކަކީވެސް ހަގީގަތާ ޚިލާފު ދޮގު އަގުތަކެއްކަން ވަޒީރު ވަނީ ސާފު މިސާލުތަކުން ދައްކަވައިދެއްވާފަ އެވެ.
ވަޒީރު މުޙައްމަދު ސައީދު ތުހުމަތު ކުރެއްވި ގޮތުގައި ރައީސް ނަޝީދާއި އެމްޑީޕީން މިފަދަ ވާހަކަތައް ފަތުރަނީ ޤައުމަށް ދެރަ ދިނުމުގެ ގޮތުން ގަސްތުގަ އެވެ. އަދި ސިޔާސީ ބޭނުމަށް ވެސް ދައްކަން ނުވާނެ ހައްދުން ނެއްޓިފައިވާ ވާހަކަތަކެއް ހުންނާނެ ކަމަށް ވިދާޅުވި އެވެ. އެގޮތުން ރާއްޖޭގައި ބަންކަރީންގެ ޚިދުމަތް ދީގެން ނުވާނެ ކަމަށާއި، ޓައުންޝިޕެއް ހިންގައިގެން ނުވާނެ ކަމަށާއި، ރެސިޑެންސީ ވިސާ ޤާއިމުކޮށްގެން ނުވާނެ ކަމަށް ބުނެ ހުރަސްއަޅަމުންދާ ކަމަށް ވަޒީރު ވިދާޅުވި އެވެ. އަދި ވަކި ވަރަކަށް ވުރެ ބޮޑެތި އިންވެސްޓްމަންޓްތައް ގެނައުމާއި، ކުދި ވިޔަފާރިތަކަށް ދަށް އަގުގައި ލޯނު ދޫކުރުމުންވެސް އެ ބޭފުޅުންނަށް ގޯސްވެގެން އުޅޭ ކަމަށާއި، އެމްޑީޕީން ބޭނުންވަނީ ކަނޑައެޅިގެން އެންމެ ކަމެއް ކަމަށް ވަޒީރު ވިދާޅުވި އެވެ.
ވަޒީރުގެ ވާހަކަފުޅު ނިންމަވާލައްވަމުން ވިދާޅުވީ އެމްޑީޕީން ކުރާހާވެސް ކަމަކީ ދޮގު ފެތުރުން ކަމަށެވެ. އެގޮތުން ސިޔާސީ ގޮތުން ފަހަރަކު ކާޑެއް ކުޅެމުންދާއިރު، އެއް ކަމެއް ނުކުޅެދުމުން އަނެއްކާވެސް ރައްޔިތުންގެ މެދުގައި ނުތަނަވަސްކަން އުފެއްދުމަށް އިތުރު ދޮގު ވާހަކަތަކެއް ފަތުރަމުންދާ ކަމަށް ވިދާޅުވެ ވަޒީރު ވަނީ އިދިކޮޅު ފަރާތްތަކަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ.
Ads by MACL
