ގިރިފުށި ހިއްކުމުގެ މަޝްރޫޢުގެ ދަށުން 143،000 ކިއުބިކް މީޓަރުގެ ބިން ހިއްކައިފި
ކ. ގިރިފުށީގެ ބިން ހިއްކުމާއި، ގިރާ ސަރަޙައްދު ހިމާޔަތްކުރުމުގެ އިތުރުން ބަނދަރު އަޕްގްރޭޑް ކުރުމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އިން ހިންގާ މަޝްރޫޢުގެ ތެރެއިން، މިހާތަނަށް 143،000 ކިއުބިކް މީޓަރުގެ ބިން ހިއްކައި ނިމިފައިވާ ކަމަށް އެ ކުންފުނިން ހާމަކޮށްފިއެވެ.
އެމްޓީސީސީ އިން މަޢުލޫމާތު ދޭ ގޮތުގައި، ބިން ހިއްކުމުގެ މަސައްކަތުގެ އިތުރުން އެ ސަރަޙައްދުގައި ވެލި ބަންޑު ފާރު (ސޭންޑް ބަންޑް) އެޅުމުގެ މަސައްކަތްތައްވެސް މިހާރު ދަނީ ބާރަށް ކުރިއަށެވެ.
ދިވެހި ސިފައިންގެ ތަމްރީނު މަރުކަޒު ގާއިމުކޮށްފައިވާ ގިރިފުށީގެ ބިން ހިއްކުމާއި ބަނދަރު ތަރައްޤީކުރުމުގެ ބޮޑު މަޝްރޫޢަކީ އެ ރަށުގެ ޖާގަ ތަނަވަސްކޮށް ސިފައިންގެ ތަމްރީނުތަކަށް ބޭނުންވާ ވަސީލަތްތައް ފުޅާކުރުމުގެ މަގުސަދުގައި ކުރިއަށްގެންދާ މަޝްރޫޢެކެވެ.
މި މަޝްރޫޢުގެ ދަށުން ގިރިފުށީގެ ފަޅުން ބޮޑު ސަރަޙައްދެއް ހިއްކުމުގެ އިތުރުން، ގިރާ ސަރަޙައްދުތައް ހިމާޔަތްކުރުމަށް ރޮކް ބޯލްޑަރ ރިވެޓްމެންޓް ޖެހުމާއި، ބޭރުތޮށި ގާއިމުކުރުމުގެ އިތުރުން އުޅަންދަހަރުތަކަށް ލަފާފުރަން ފަސޭހަވާނެހެން ބަނދަރުގެ ފުންމިނާއި ވަސީލަތްތައް ތަރައްޤީކުރުމުގެ މަސައްކަތް ހިމެނެއެވެ.
Ads by MACL
