ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

އަތޮޅުތަކުން: ހދ. ކުމުންދޫގައި އިމާރާތްކުރާ ސިއްޙީ މަރުކަޒުގެ ފޫޓިންގްސްގެ މަސައްކަތް ބާރަށް ކުރިއަށް

އަތޮޅުތަކުން: ހދ. ކުމުންދޫގައި އިމާރާތްކުރާ ސިއްޙީ މަރުކަޒުގެ ފޫޓިންގްސްގެ މަސައްކަތް ބާރަށް ކުރިއަށް

ހދ. ކުމުންދޫ ސިއްޙީ މަރުކަޒު ތަރައްޤީކުރުމުގެ މަޝްރޫޢުގެ ދަށުން، އާ ޢިމާރާތުގެ ކޮންކުރީޓް ފޫޓިންގްސްއަށް ބޭނުންވާ ކޯރު ކޮނުމާއި، ޝަޓަރިންގް އަދި ދަގަނޑު އެޅުމުގެ މަސައްކަތްތައް ބާރަށް ކުރިއަށްދާކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އިން ހާމަކޮށްފިއެވެ.

މި މަޝްރޫޢަކީ ކުމުންދޫގެ ސިއްޙީ ޚިދުމަތުގެ ފެންވަރު މަތިކޮށް، އާބާދީއަށް ބޭނުންވާ އަސާސީ ސިއްޙީ ވަސީލަތްތައް ފުރިހަމައަށް ފޯރުކޮށްދިނުމުގެ މަޤްޞަދުގައި މިނިސްޓްރީ އޮފް ހެލްތުގެ ފަރާތުން އެމްޓީސީސީއާ ޙަވާލުކޮށްގެން ހިންގާ އިޖުތިމާޢީ މުހިންމު މަޝްރޫޢެކެވެ.

ޖުމްލަ 27.26 މިލިއަން ރުފިޔާއަށް އެމްޓީސީސީއާ ޙަވާލުކޮށްފައިވާ މި މަޝްރޫޢުގެ ދަށުން، 7،800 އަކަފޫޓުގެ ދެ ބުރި އިމާރާތެއް ބިނާކުރެވިގެންދާނެއެވެ.

މި އާ އިމާރާތް ނިމި ބޭނުންކުރަން ފެށުމުން، ކުމުންދޫގެ 1,500 އަށްވުރެ ގިނަ ރައްޔިތުންނަށް ސިއްޙީ ޚިދުމަތް ހޯދުމަށް އެހެން ރަށްރަށަށް ނުވަތަ މާލެއަށް ކުރަންޖެހޭ ދަތުރުތަކަށް ބޮޑު ލުޔެއް ލިބި، ރަށުން ސިއްޙީ ޚިދުމަތް ފަސޭހަކަމާއެކު ލިބިގެންދާނެއެވެ.