ވިލު ނޫކުލައިގެ ކޮކާލުގެ ފަހަތުގައި ނިމާލް: ސިޔާސީ އޮއިވަރާއި، ދުވަސްވަރެއްގައި ކޮން ވާހަކައެއްބާ؟
ސިޔާސީ މަސްރަހު ހަލަބޮލިވެ، އޮއިވަރާއި އިންތިހާބުތަކުގެ ދުވަސްވަރު ކޮންމެ ހަރަކާތަކަށް ރައްޔިތުން ފާރަވެރިވަމުންދާ މި ދުވަސްވަރު، ސޯޝަލް މީޑިއާއަށް އަނެއްކާވެސް އާ ވާހަކައެއް ތިލަ ވެއްޖެހެން ހީވެއްޖެއެވެ.
އާދަކާދައިގެ މަތިން ސޯޝަލް މީޑިއާ ހާވަމުންދަނިކޮށް ކުއްލިއަކަށް އަޅައިގަތީ، ޕީޕަލް ނެޝަނަލް ކޮންގްރެސް ( ޕީއެންސީ ) ގެ ނައިބު ރައީސް އަދި ލޯކަލް ގަވަރމަންޓް އޮތޯރިޓީ (އެލްޖީއޭ ) ގެ ސީއީއޯ މުހައްމަދު ނިމާލް ހިއްސާކުރެއްވި "ވިލު ނޫކުލައިގެ ކޮކާލުގެ" ފޮޓޯއާއި އޭގެ ފަހަތުގައި އަހަންނަށް ދޭހަވާ ފުން މާނައެވެ.
މުހައްމަދު ނިމާލަކީ ސިޔާސީ ދާއިރާގައި ފާހަގަކޮށްލެވޭ، ވަރުގަދަ ޝަހުސިއްޔަތެކެވެ.
Ads by BMLޚާއްސަކޮށް ކުރީގެ ސަރުކާރުގެ ދުވަސްވަރު އިދިކޮޅު ހަރަކާތްތަކުގައި ނިމާލް ދެއްކެވި ހީވާގިކަމާއި ސާބިތުކަމަކީ މިއަދު އޭނާއަށް އޮތް އިތުބާރު ބޮޑުވި އެއް ސަބަބެވެ.
މަގުމަތީގެ ހަރަކާތްތަކުން ފެށިގެން ސިޔާސީ ޕޯޑިއަމްތަކާ ހަމައަށް، ނިމާލަކީ ވަރުބަލިކަމެއް ނެތި ވަކާލާތު ކުރެއްވި ބޭފުޅެކެވެ. އޭގެ ނަތީޖާއެއްގެ ގޮތުން، މިއަދު އޭނާއަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ އެންމެ އިތުބާރު ކުރައްވާ އަދި ގާތް ބޭފުޅުންގެ ލިސްޓުން ޖާގަ ހޯއްދަވާފައިވާ ބޭފުޅެކެވެ.
ރައީސް ޑރ މުހައްމަދު މުއިއްޒަށް ރިޔާސީ ޓިކެޓް ހޯއްދެއްވުމާއި، ވެރިކަމަށް އައުމަށް ބުރަ މަސައްކަތްތަކެއް ކުރެއްވެވިއެވެ. ސިޔާސީ މަސައްކަތުގައި އުޅުއްވަނީ ޝައުގުވެރިކަމާއިއެކު އެވެ.
ވިލު ނޫކުލައިގެ ކޮކާލުގެ ފޮޓޯއާއެކު ނިމާލް ހިއްސާކުރެއްވި މެސެޖުން އަހަންނަށް ދޭހަވާ މާނައެއް ލިޔެވޭތޯ ބަލާނަމެވެ، އެއް ކަމަކީ ސިޔާސީ ގޮންޖެހުންތަކުގެ ތެރޭގައިވެސް އުންމީދީ އާ ފެށުމަކަށް އޭނާ ތައްޔާރުވަމުންދާ ކަމެވެ.

ކޮކާލަކީ ބަދަލުވުމާއި އާރޯކަމުގެ ރަމްޒަކަށްވާއިރު، ނިމާލް މި އިޝާރާތް ކުރައްވަނީ ސަރުކާރުގެ ތަރައްގީގެ ދުވެލީގައި އޭނާގެ ދައުރު އިތުރަށް ހަރުދަނާކޮށް، ރައްޔިތުންނަށް ލާބަހުރި މަސައްކަތްތަކެއް ކުރުމުގެ އަޒުމަށެވެ.
އެލްޖީއޭގެ ސީއީއޯގެ ހައިސިއްޔަތުން ލާމަރުކަޒީ ނިޒާމު ހަރުދަނާކުރުމަށް ކުރައްވާ މަސައްކަތްޕުޅާއި، ސިޔާސީ މައިދާނުގައި ދައްކަވާ ސާބިތުކަމުން އެނގެނީ، އެ "ވިލު ނޫކުލައިގެ ކޮކާލަކީ" ހަމައެކަނި ރީތި ފޮޓޯއެއް ނޫން ކަމެވެ.
ކުޑަކޮށް ނަޒަރު ހިންގާލީމެވެ. އިއްތިފާގަކިން މުހައްމަދު ނިމާލުގެ ގެއަށް ދީފައިވާ ނަމަކީ ”ކޮކާ ހަނދުވަރު“ އެވެ.
ހަމަ ޔަގީނުންވެސް މެސެޖެކެވެ. އެއީ ސަރުކާރަށް އޮތް ވަފާތެރިކަމާއި، ގައުމީ ޚިދުމަތުގައި ދެމިހުންނާނެކަމުގެ ވަރުގަދަ މެސެޖެކެވެ. ނިމާލްގެ މި ހަރަކާތްތަކުން ފެންނަނީ ސިޔާސީ ގޮތުން އޭނާ ހުންނެވި "ޕީކް" މަގާމެވެ.
ބާކީ ބައި ކިޔުންތެރިންނަށް ދޫކޮށްލަމެވެ.
Ads by MACL
