ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

އެއްމަސް ދުވަހުގެ ތެރޭގައި ސަރުކާރު ވައްޓާލަން ވެއްޖެ: މާޒް ސަލީމް

މާޒް ސަލީމް
މާޒް ސަލީމް

އެމްޑީޕީގެ ޤައުމީ މަޖިލީހުގެ މެންބަރު އަޙްމަދު ސަލީމް (މާޒް ސަލީމް) ވިދާޅުވެފައިވަނީ މިހާރުގެ ސަރުކާރު ބަދަލުކުރަން ޖެހިފައިވާ ކަމަށެވެ.

އެމްޑީޕީގެ ހަރުގޭގައި ބޭއްވުނު ޖަލްސާއެއްގައި ވާހަކަފުޅު ދައްކަވަމުން މާޒް ސަލީމް ވިދާޅުވެފައިވަނީ، ކުރިއަށް އޮތް އެއް މަސްދުވަހުގެ ތެރޭގައި ރައްޔިތުން ނުކުމެ މި ސަރުކާރު ބަދަލުކުރަން ޖެހޭ ކަމަށެވެ. އަދި އިތުރަށް ވިދާޅުވެފައިވަނީ، މި ސަރުކާރު ބަދަލުނުކޮށްފިނަމަ 2028 ވަނަ އަހަރު ދިވެހިރާއްޖޭގައި ރިޔާސީ އިންތިޚާބު ނުބޭއްވޭނެ ކަމަށެވެ.

އޭނާ ވިދާޅުވެފައިވަނީ، މިހާރު ދިވެހިރާއްޖޭގައި ޤާނޫނުއަސާސީއެއް ނެތް ކަމަށާއި، ފުލުހުންނާއި ސިފައިން ކުރައްވާފައިވާ ހުވަޔަކީ ދިވެހިރާއްޖޭގެ ޤާނޫނުއަސާސީ ނަގަހައްޓައި ދަމަހައްޓަން ކުރައްވާފައިވާ ހުވަޔެއް ކަމަށެވެ. އެހެންކަމުން، ފުލުހުންނާއި ސިފައިން ނުކުމެ އެ ޒިންމާ އުފުލުމަށް ސަލީމް ވަނީ ގޮވާލައްވާފައެވެ.

މީގެ ކުރިން ސަލީމް ވަނީ ރައީސް ޑރ. މުޙައްމަދު މުޢިއްޒު ހުންނެވީ ވައްކަންކުރާ ފަރާތްތަކުގެ ފަރާތުގައި ކަމަށް ވިދާޅުވެ، މުޢިއްޒުއަށް ވަރަށް ބޮޑަށް ޑަށް ފާޑުވިދާޅުވެފައެވެ.

މި ޖަލްސާގައި ހުޅުމާލެ ދެކުނު ދާއިރާގެ މެންބަރު ޑރ. އަޙްމަދު ޝަމްހީދު ވިދާޅުވެފައިވަނީ، ސުޕްރީމް ކޯޓުގެ ދެ ފަނޑިޔާރުން ކަމުގައިވާ ޑރ. އަޒްމިރާލްދާ ޒާހިރު އަދި މަހާޒް ޢަލީ ޒާހިރު ފަނޑިޔާރުކަމުގެ މަޤާމުން ވަކިކުރެވުނު ދުވަހު، އެ ދެ ފަނޑިޔާރުންގެ ދިފާޢުގައި ޢަދުލު އިންޞާފަށް ވޯޓު ދެއްވި ދެ ބޭފުޅުން ކަމުގައިވާ ހައިކޯޓު ފަނޑިޔާރު މުޙައްމަދު ނިޔާޒް އަދި ސިވިލް ކޯޓުގެ ޤާޟީ ފަރުހާދު ރަޝީދުގެ ޙައްޤުގައި އެމްޑީޕީން ތެދުވާން ޖެހޭ ކަމަށެވެ.