ބީއެމްއެލްގެ ފޮރެކްސް އިންވެސްޓްމަންޓްގެ އަދަދާއި ފައިދާ ޑޮލަރުން ދޭ ގޮތަށް ބަދަލުކޮށްފި
ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ ފޮރެކްސް އިންވެސްޓްމަންޓް ޕޫލްތަކުގައި ޑޮލަރުން ކުރާ އިންވެސްޓްމަންޓްތަކަށް ލިބޭ ފައިދާގެ އިތުރުން އިންވެސްޓްކުރި އަސްލު އަދަދުވެސް ސީދާ ޑޮލަރުން ލިބޭނެ ގޮތަށް އެ ބޭންކުން މިއަދު އުސޫލު ބަދަލުކޮށްފިއެވެ.
މިއީ މިދިޔަ ޖޫން މަހުގެ 30 ވަނަ ދުވަހު ތައާރަފްކުރި ސްކީމަށް ގެނެވުނު ބޮޑު ބަދަލެކެވެ. މީގެ ކުރިން އޮތް ގޮތުން ނަމަ، ޑޮލަރުން އިންވެސްޓްކުރުމުން އެ އިންވެސްޓްމަންޓަށްވާ ފައިސާގެ އިތުރުން ލިބޭ ފައިދާވެސް ކަސްޓަމަރުންގެ އެކައުންޓަށް ޖަމާކޮށްދެމުން އައީ ދިވެހި ރުފިޔާއިންނެވެ.
އާ އުސޫލާއެކު ބީއެމްއެލް އިން މަޢުލޫމާތު ދޭ ގޮތުގައި، ފޮރެކްސް އިންވެސްޓްމަންޓްގެ ހިދުމަތް މިހާރު ވަނީ ކުރިއަށްވުރެ ހަރުދަނާކޮށް، އިތުރަށް ފުރިހަމަކޮށްފައެވެ. އެގޮތުން އިންވެސްޓްމަންޓުން ލިބޭ ނަފާ އާއި އިންވެސްޓްކުރި އަދަދުވެސް ދެން ސީދާ ޖަމާވާނީ ޑޮލަރު އެކައުންޓަށެވެ.
ނަމަވެސް، އިންވެސްޓްމަންޓްގެ މުއްދަތު ހަމަވުމުން އިންވެސްޓްކުރި އަދަދު ރަސްމީ އެކްސްޗޭންޖް ރޭޓުގައި ދިވެހި ރުފިޔާއަށް މާރުކުރަންޖެހޭނެ ކަމަށްވެސް އެ ބޭންކުން ވަނީ ބުނެފައެވެ.
ބީއެމްއެލްގެ މި އިންވެސްޓްމަންޓް ޕޫލްތަކަކީ ތަފާތު މިންވަރުތަކަށް ފައިދާ ލިބޭގޮތަށް ހުޅުވާލެވިފައިވާ ސްކީމެކެވެ. މި ސްކީމްގެ ދަށުން އިންވެސްޓްކުރާ ފަރާތްތަކަށް %25 އާ ހަމައަށް ފައިދާ ލިބުމުގެ ފުރުސަތު އޮވެއެވެ.
Ads by MACL
