މެމްބަރ ހަނާން ވަރެއްނެތެންނު، އިއުލާންކޮށްލީ ގުރައިދޫއަށް ފަންސާސް ހާހުގެ މުބާރާތެއް!
ރައްޔިތުންގެ މަޖިލީހުގެ ގުރައިދޫ ދާއިރާގެ މެމްބަރު ހަނާން މުހައްމަދު ރަޝީދު ދާއިރާގެ ތިން ރަށަށް ބާއްވާ މުބާރާތްތަކުގެ ތެރެއިން ފުރަތަމަ މުބާރަަތް ގުރައިދޫއަށް އިއުލާންކޮށްފިއެވެ.
މަޅި ފުޓްސަލް ޗެލެންޖުން އިންތިޒާމް ކުރުމަށް ހަވާލު ކުރެވިފައިވާ މި މުބާރާތަކީ 50،000 ރުފިޔާގެ އަގުބޮޑު މުބާރާތެކެވެ. އަދި ރަނަރަޕް ޓީމަށް 15،000 ރުފިޔާ ދިނުމަށް ވަނީ ނިންމާފައެވެ.
މުބާރާތުގައި ބައިވެރިވުމުގެ އެންމެ ފަހު ތާރީޚަކީ މިމަހުގެ 15 އެވެ.
Ads by BMLމުބާރާތާއި ބެހޭ އެއްވެސް މައުލޫމާތެއް ހޯދަން ބޭނުންވެއްޖެ ނަމަ 7333322 އާއި ގުޅުއްވުމަށް މަޅި ފުޓްސަލް ޗެލެންޖުން އެދެއެވެ.
މިކަމާއި ގުޅިގެން މެމްބަރ ހަނާން ޖީލަށް ވިދާޅުވީ މިއަދު އިއުލާނު ކުރެވިގެން މިދިޔައީ ދާއިރާގެ 3 ރަށުގައި ވަކި ވަކީން ބޭއްވުމަށް، ގަސްތުކުރާ 3 މުބާރާތުގެ ތެރެއިން، ތ. ގުރައިދޫގައި ބޭއްވުމަށް ހަމަޖެހިފައިވާ މުބާރާތް ކަމަށެވެ.
އަދި އިރާދަކުރެއްވިއްޔާ، ތ. ދިޔަމިގިލި އަދި ތ. ގާދިއްފުށީގައި ބޭއްވުމަށް ގަސްތުކުރާ މުބާރާތްތައް ބޭއްވުމަށް، ކައިރި މުސްތަގުބަލެއްގައި އިއުލާން ކުރެވިގެންދާނެ ކަމަށެވެ.
Ads by MACL
