ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

އަތޮޅުތަކުން: ނ. ޅޮހީ ޕޮލިސް ޕޯސްޓް އިމާރާތްކުރުމުގެ މަސައްކަތުގެ ކާސްޓިންގް އަދި ފުޓިންގް މަސައްކަތްތައް ފަށައިފި

އަތޮޅުތަކުން: ނ. ޅޮހީ ޕޮލިސް ޕޯސްޓް އިމާރާތްކުރުމުގެ މަސައްކަތުގެ ކާސްޓިންގް އަދި ފުޓިންގް މަސައްކަތްތައް ފަށައިފި

ނ. ޅޮހީގައި ތަރައްޤީކުރާ ޕޮލިސް ޕޯސްޓް އިމާރާތުގެ މަސައްކަތް ބާރުސްޕީޑްގައި ކުރިއަށްދާކަމަށް، އެ މަޝްރޫޢުގެ ކޮންޓްރެކްޓަރ، މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އިން ހާމަކޮށްފިއެވެ.

މި މަޝްރޫޢުގެ އެންމެ ފަހުގެ މައުލޫމާތު ހިއްސާކުރަމުން އެމްޓީސީސީން ބުނީ، އިމާރާތުގެ ކޮންކްރީޓް ކާސްޓިންގް މަސައްކަތްތަކުގެ އިތުރުން ތަނބުތަކާއި ފުޓިންގް (ގްރައުންޑް ފައުންޑޭޝަން) އެޅުމުގެ މުހިންމު މަސައްކަތްތައް މިހާރު ދަނީ ހުއްޓުމެއްނެތި ކުރިއަށް ކަމަށެވެ.

ރައްޔިތުންނަށް ރައްކާތެރިކަން ކަށަވަރުކޮށްދީ، އަތޮޅުތެރޭގެ ރަށްރަށުގައި ފުލުހުންގެ ޚިދުމަތް ފުޅާކުރުމަށް ސަރުކާރުން ކުރިއަށްގެންދާ ސިޔާސަތުގެ ދަށުން، ރަށްރަށުގައި ޕޮލިސް ސްޓޭޝަންތަކާއި ޕޮލިސް ޕޯސްޓްތައް ބިނާކުރުމުގެ ގިނަ މަޝްރޫޢުތަކެއް އެމްޓީސީސީއާ ހަވާލުކޮށްގެން ދަނީ ހިންގަމުންނެވެ.

އެމްޓީސީސީން އަންނަނީ ޅޮހީގެ ޕޮލިސް ޕޯސްޓް އިމާރާތްކުރުމުގެ މަސައްކަތުގެ އިތުރުން، އެ ރަށުގެ ބަނދަރު ތަރައްޤީކުރުމާއި އިޖުތިމާއީ އަދި އުމްރާނީ އެކި ވަސީލަތްތައް ގާއިމުކުރުމުގެ މަޝްރޫޢުތައްވެސް ހިންގަމުންނެވެ.

ޅޮހީގައި ޤާއިމުކުރެވޭ މި އަސާސީ ކަންކަމާއެކު، ރަށުގެ އަމާންކަން ބެލެހެއްޓުމަށާއި ކުށްމަދުކުރުމަށް ފުލުހުން ކުރަމުންދާ މަސައްކަތްތަކަށް އިތުރު ފަސޭހަތަކެއް ލިބިގެންދާނެ ކަމަށް އެމްޓީސީސީން މައުލޫމާތުދެއެވެ.