ބޮޑުތަކުރުފާނު މަގު ލޯކަލް މާރުކޭޓުން އިއްޒުއްދީން ޖެޓީއާ ހަމައަށް އިތުރު ރުއް އިންދައިފި
މާލޭގެ ބޮޑުތަކުރުފާނު މަގު ފުރިހަމަކޮށް، ތިމާވެށްޓާ ރައްޓެހި ފަރުމާއަކަށް ބަދަލުކުރުމަށް ކުރެވޭ މަސައްކަތުގެ ތެރެއިން ލޯކަލް މާރުކޭޓުން ފެށިގެން އިއްޒުއްދީން ފާލަމާ ހަމައަށް އިތުރު ރުއް އިންދުމުގެ މަސައްކަތް ރޭ ކުރިއަށް ގެންގޮސްފިއެވެ.
އެމްޓީސީސީން ކުރިއަށްގެންދާ މި އިނިޝިއޭޓިވްގެ މައިގަނޑު މަގުސަދަކީ މާލޭގެ އަރިމަތީ މަގުތައް ފެހިކޮށް، ދެމެހެއްޓެނިވި ގޮތެއްގައި ގުދުރަތީ ރީތިކަން އާލާކުރުމާއެކު ދިވެހިންގެ ސަގާފީ އަދި ގައުމީ ހުވިއްޔަތާ ގުޅިފައިވާ ގުދުރަތީ ތަރިކަ ރައްކާތެރިކުރުމެވެ.
މި މަޝްރޫއުގެ ދަށުން ބޮޑުތަކުރުފާނު މަގުގެ އެކި ސަރަހައްދުތަކުގައި ބޮޑެތި ރުއްތައް އިންދައި، މަގުމަތީގެ މާހައުލު ފިނިކޮށް، ހިތްފަސޭހަ ކުރުމަށް ގިނަ މަސައްކަތްތަކެއް ދަނީ ކުރެވެމުންނެވެ.
Ads by BMLމާލެ ސިޓީގެ މަގުތައް ހިތްފަސޭހަ އަދި ތިމާވެށްޓާ ރައްޓެހި ތަނަކަށް ހެދުމަށްޓަކައި އެމްޓީސީސީން ދަނީ ކަމާބެހޭ އިދާރާތަކާ ގުޅިގެން ވެރިރަށް ފެހިކުރުމުގެ އެކި މަޝްރޫއުތައް ހިންގަމުންނެވެ.
Ads by MACL
