ކައިޒީން އޭނާގެ ކޮއްކޮއަށް ލަގްޒަރީ އެޕާޓުމަންޓެއް ގަނެދީފި
ސޯޝަލް މީޑިއާގައި ބޮޑު މަގުބޫލުކަމެއް ހޯދާފައިވާ ދިވެހި މޮޑެލް ކައިޒީން، އޭނާގެ އަންހެން ކޮއްކޮގެ އުފަން ދުވަހުގެ ހަދިޔާއެއްގެ ގޮތުން ހުޅުމާލެ ދެވަނަ ފިޔަވަހީގައި ހުންނަ ލަގްޒަރީ އެޕާޓުމަންޓެއް ހަދިޔާކޮށްފިއެވެ.
ކައިޒީން އޭނާގެ ކޮއްކޮއަށް މި ހަދިޔާކުރީ ހުޅުމާލެ ދެވަނަ ފިޔަވަހީގައި ތަރައްގީކުރަމުން އަންނަ ޒަމާނީ ފެންވަރުގެ 'ބޭފެންސީ ރެޒިޑެންސް' އިމާރާތުން 3+1 ކޮޓަރީގެ އެޕާޓުމަންޓެކެވެ. މޫދު ފެންނަ ގޮތަށް ފަރުމާކޮށްފައިވާ މި އެޕާޓުމަންޓަކީ ވަރަށް ހާއްސަ ހަދިޔާއެއްކަން ކައިޒީން އާންމުކުރި ވީޑިއޯއިން ހާމަވެއެވެ.
ޓިކްޓޮކް މެދުވެރިކޮށް ކައިޒީން އާންމުކުރި މި ވީޑިއޯގައި ފެންނަނީ، އޭނާ ކޮއްކޮގެ އަތުގައި ހިފައިގެން އެޕާޓުމަންޓުގެ އެތެރެއަށް ވަދެ، އެ ތަނުގެ އެގްރީމަންޓު ކޮއްކޮއާ ހަވާލުކުރާ މަންޒަރެވެ. މި ވީޑިއޯއަށް ސޯޝަލް މީޑިއާގައި ގިނަ ބައެއްގެ ސަމާލުކަމާއި ތައުރީފު ވަނީ ލިބިފައެވެ.
Ads by BMLކައިޒީން އޭނާގެ ކޮއްކޮއަށް މިފަދަ އަގުބޮޑު ހަދިޔާއެއް ދިން މިއީ ފުރަތަމަ ފަހަރެއް ނޫނެވެ. މީގެ ކުރިން، މިދިޔަ އަހަރުގެ މެއި މަހުގެ ތެރޭގައި ވެސް ކައިޒީން ވަނީ އޭނާގެ ކޮއްކޮއަށް ކާރެއް ހަދިޔާކޮށްފައެވެ.
ރާއްޖޭގެ ފެޝަން ދާއިރާގައި ފާހަގަކޮށްލެވޭ މޮޑެލްއެއް ކަމުގައިވާ ކައިޒީންއަކީ ސޯޝަލް މީޑިއާގެ ޕްލެޓްފޯމްތަކުގައި ގިނަ ބައެއްގެ ފޮލޯކުރާ، އަދި އޭނާގެ ހަރަކާތްތަކަށް ގިނަ ބަޔަކު ޝައުގުވެރިވާ ފަރާތެކެވެ.
Ads by MACL
