ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

އަތޮޅުތަކުން: ހއ. މުރައިދޫގައި އަލަށް ބިނާކުރާ މިސްކިތުގެ ކޮލަމްތައް ކޮންކްރީޓް ކުރުމުގެ މަސައްކަތް ފަށައިފި

އަތޮޅުތަކުން: ހއ. މުރައިދޫގައި އަލަށް ބިނާކުރާ މިސްކިތުގެ ކޮލަމްތައް ކޮންކްރީޓް ކުރުމުގެ މަސައްކަތް ފަށައިފި

ހއ. މުރައިދޫގައި ސަރުކާރުން އަލަށް ބިނާކުރަމުންދާ މިސްކިތުގެ މަސައްކަތް ހުއްޓުމެއްނެތި ކުރިއަށްދާއިރު، މިހާރު ކުރިއަށްދަނީ މިސްކިތުގެ ކޮލަމްތައް ކޮންކްރީޓް ކުރުމުގެ މަރުހަލާ ކަމަށް އިސްލާމިކް މިނިސްޓްރީން މަޢުލޫމާތު ދީފިއެވެ.

މިއީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ރާއްޖޭގެ މީހުން ދިރިއުޅޭ ރަށްރަށުގައި ދީނީ އިމާރާތްތައް ބިނާކުރުމަށާއި، މިސްކިތްތަކުގެ ޖާގަ އިތުރުކުރުމަށް ކުރައްވަމުންދާ މަސައްކަތްޕުޅުތަކުގެ ތެރެއިން މުރައިދޫގެ ރައްޔިތުންނަށް ދީނީ ފަރުޟުތައް އަދާކުރުމުގައި ލުއިފަސޭހަތަކެއް ހޯދައިދިނުމުގެ މަޤްޞަދުގައި ކުރިއަށްދާ މަޝްރޫޢެކެވެ.

އަލަށް އިމާރާތްކުރެވޭ މި މިސްކިތަކީ އެއްފަހަރާ 300 މީހުންނަށް ނަމާދުކުރެވޭނެ ޖާގައިގެ މިސްކިތެކެވެ.

އިސްލާމިކް މިނިސްޓަރު ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދު ވިދާޅުވެފައިވަނީ، ރަށްރަށުގައި ކުރިއަށްދާ މިސްކިތްތަކުގެ މަސައްކަތްތައް އަވަސްކޮށް، ތާވަލާ އެއްގޮތަށް ނިންމުމަށް ސަރުކާރުން ޚާއްޞަ އިސްކަމެއް ދެއްވަމުންދާ ކަމަށެވެ.

މުރައިދޫގައި އަލަށް ބިނާކުރާ މި މިސްކިތް ނިމުމުން، އެރަށުގެ ރައްޔިތުންނަށް ދިމާވެފައިވާ ނަމާދުކުރާނެ ޖާގައިގެ ދަތިކަމަށް ބޮޑު ހައްލެއް ލިބިގެންދާނެ ކަމަށް ރައީސް އޮފީހުންނާއި އިސްލާމިކް މިނިސްޓްރީން މަޢުލޫމާތުދެއެވެ.