ރައީސް މުއިއްޒުގެ މިސަރުކާރާއިއެކީ ކުޅިވަރުގެ އާއިލާއަށް އޮތީ ވަރަށް އުފާވެރި މުސްތަގުބަލެއް: ސްޓޭޓް މިނިސްޓަރ ވައްޑެ
ރައީސް ޑޮކްޓަރު މުޙައްމަދު މުޢިއްޒުގެ މި ސަރުކާރާއެކު ރާއްޖޭގެ ކުޅިވަރުގެ އާއިލާއަށް އޮތީ ވަރަށް އުފާވެރި އަދި އުންމީދީ މުސްތަގުބަލެއް ކަމަށް ކުޅިވަރާ ބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރު އަހުމަދު މުހައްމަދު ވަހީދު (ވައްޑެ) ވިދާޅުވެއްޖެއެވެ.
ސްޓޭޓް މިނިސްޓަރު ވިދާޅުވީ ކުޅިވަރުގެ ދާއިރާ ތަރައްޤީކޮށް ކުރިއެރުވުމަށްޓަކައި ދިގުރާސްތާގެ ސްޓްރެޓީޖިކް އެކްޝަން ޕްލޭންތަކެއް އެކުލަވާލައިގެން، މުޅި ރާއްޖެއަށް އަމާޒުކޮށްގެން ހާސިލުކުރަން ބޭނުންވާ މަންޒިލަކަށް ވާސިލުވުމަށްޓަކައި އަމަލީ މަސައްކަތްތަކެއް ފެށިގެން ކުރިއަށްދާ ކަމަށެވެ.
އެގޮތުން ހަމައެކަނި ރެފްރީން ތަމްރީނުކުރުމުގެ އިތުރުން ކޯޗުންނާއި އެތުލީޓުން ބައިވެރިކޮށްގެން އެކި ކުޅިވަރުތަކުގެ ތަމްރީނު ޕްރޮގްރާމްތައް ކުރިއަށްދާކަން ފާހަގަކުރައްވަމުން، މި ދައުރު ފެށުނުފަހުން ހަމައެކަނި ވޮލީބޯޅައިގެ ދާއިރާއިންވެސް 500 އަށްވުރެ ގިނަ ރެފްރީން ތަމްރީނުކުރެވިފައިވާކަން އޭނާ ފާހަގަކުރެއްވިއެވެ.
މީގެއިތުރުން ސްޕޯޓްސް ފަސްޓްއެއިޑާއި، ފުޓްސަލް ކޯޗިންގ އަދި ސީ-ލައިސަންސް އާއި ބީ-ލައިސަންސް ފަދަ އޭއެފްސީ އާއި ފީފާގެ ސެޓިފިކޭޝަންތައް ހިމެނޭހެން މިހާތަނަށް 1000 އަށްވުރެ ގިނަ ކޯޗުން ތަމްރީނުކުރެވިފައިވާކަމަށް ވިދާޅުވިއެވެ. އަދި މިއީ ސަރަޙައްދީ ފެންވަރުގައިވެސް މިގޮތަށް އެންމެ ގިނައިން މީހުން ތަމްރީނުކުރެވޭ ގައުމަކަށް ދިވެހިރާއްޖެ ވެގެންގޮސްފައިވާ ކަމެއްކަމަށާއި، ރާއްޖޭގައި ހުޅުވާލެވޭ މިފަދަ ފުރުސަތުތަކުގައި އަވައްޓެރި ގައުމުތަކުންވެސް ޝައުގުވެރިކަން ދައްކައި ބައިވެރިވަމުންދާކަން ސްޓޭޓް މިނިސްޓަރު ފާހަގަކުރެއްވިއެވެ.
Ads by BMLރައީސް މުޢިއްޒުގެ ކުރު މުއްދަތުގެ އަދި ދުރުރާސްތާ ޕްލޭންތަކުގައި ކޮންޓިނިއުއިޓީއާއި ކަނެކްޓިވިޓީ އެކުލެވިގެންވާކަން ފާހަގަކުރައްވަމުން، ކުޅިވަރާ ބެހޭ ވަޒީރު ޢަބްދުﷲ ރާފިއުއަކީ ކުޅިވަރުގެ ކަންކަން' އެނގިވަޑައިގަންނަވާ، އެތުލީޓުންނާއެކު އަމަލީގޮތުން މަސައްކަތްކުރައްވާ ބޭފުޅަކަށްވުމުން ކަނޑައެޅިފައިވާ ލަނޑުދަނޑިތައް ހާސިލުކުރުމަށް ބޮޑެތި ފަސޭހަތަކެއް ލިބެމުންދާކަމަށްވެސް ވިދާޅުވިއެވެ.
ކުރިއަށް ހުރި ޕްރޮގްރާމްތަކަށް ބަލާއިރު މާލޭގައި ބީ-ލައިސަންސް ކޯހެއް ފެށުމަށް ހަމަޖެހިފައިވާއިރު، މިމަހުގެ މެދުތެރޭގައި އައްޑޫ ސިޓީގައިވެސް ޕްރޮގްރާމެއް ފެށިގެންދާނެއެވެ. އަދި އަންނަ އަހަރުގެ ކުރީކޮޅު އައްޑޫގައި ބޭރުގެ ޖަމްއިއްޔާތަކާ ގުޅިގެން، ރާއްޖޭގެ ސްޕޯޓްސް ފަސްޓްއެއިޑް ދާއިރާގެ މާހިރެއްކަމަށްވާ ޑޮކްޓަރ ޝަކީބާއެކު ވަރުގަދަ ޕްރޮގްރާމެއް ކުރިއަށްގެންދިއުމަށް ވަނީ ރޭވިފައެވެ.
Ads by MACL
