ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

ޕީއެންސީގެ ނައިބު ރައީސަކަށް ވާދަކުރައްވަން ނިމާލު ނިންމަވައިފި

ޕީއެންސީގެ ނައިބު ރައީސަކަށް ވާދަކުރައްވަން ނިމާލު ނިންމަވައިފި

ލޯކަލް ގަވާމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ސީއީއޯކަމުގައި ހުންނެވި މުހައްމަދު ނިމާލް، ސަރުކާރު ހިންގާ ޕާޓީ ޕީއެންސީގެ ރައީސް ކަމަށް ވާދަކުރައްވަން ނިންމެވިކަން މިއަދު އިއުލާން ކުރައްވައިފި އެވެ.

ސޯޝަލް މީޑިއާއަށް ނިމާލް ދޫކޮށްލެއްވި ޕޯސްޓެއްގައި ވިދާޅުވީ ބޮޑުބައި އިދިކޮޅު ޕާޓީއެއްގެ ގޮތުގައި އޮވެ، ޕާޓީގެ ނައިބު ރައީސްގެ ހައިސިއްޔަތުން، އެމްޑީޕީގެ އޭރުގެ ސަރުކާރުން ކުރިމަތިކުރި އެކިއެކި ފިއްތުންތަކާއި ގޮންޖެހުންތަކާ އެކު ވެސް ގިނަ މަސައްކަތްތަކެއް ކުރެއްވި ކަމަށާއި، ޕާޓީގެ މެމްބަރުންނާއި ގިނަ މީހުންގެ ފަރާތުން ލިބުނު ހިތްވަރުގެ ބަސްތަކަކީ އެކަމުގައި ދެމިހުންނެވުމަށް ލިބިވަޑައިގެންނެވި ހިތްވަރު ކަމަށެވެ.

ކުރިއަށް އޮތް ރިޔާސީ އިންތިހާބު، ރައީސް މުއިއްޒަށް ކާމިޔާބުކޮށް ދިނުމުގައި އެ ޕާޓީގެ މެމްބަރުންނާ އެކު މަސައްކަތް ކުރުމަކީ އެންމެ ބޮޑު އަމާޒު ކަމަށާއި،  އަދި ސިޔާސީ ބޭނުމަށާއި އެހެން ކަމަކަށް ވެސް ދޮގެއް ނުހަދާނެ ކަމަށެވެ. ހުންނަވާނީ ސާބިތު ކަމާއިއެކު ކަމަށް ނިމާލު ވިދާޅުވިއެވެ.