އަހަރުގެ އެންމެ ރީތި ތާރީހުގައި 22 ވަރި!
މިއަދަކީ މި އަހަރުގެ އެންމެ ރީތި ތާރީހުގެ ދުވަހެވެ. އެހެނެއްކަމަކު މިއަދު އެކަނި 22 ވަރިއަށް އެދިފައިވާ ކަމަށް ފެމިލީ ކޯޓުގެ ތާވަލުން ޔަގީން ވެއެވެ.
މިއާއިއެކު މި ރީތި ތާރީހުގައި ޖުމްލަ 59 ކައިވެނި ކުރެއެވެ.
ފެމިލީ ކޯޓުން ބުނީ މިރީތި ތާރީޚުގައި މާލޭގައި އެކަނިވެސް ޖުމްލަ 59 ކައިވެނި ކޮށްދިނުމަށް ހަމަޖެހިފައިވާކަމަށެވެ. އެގޮތުން ރަސްމީގަޑީގައި 23 ކައިވެނި ކޮށްދިނުމަށް ހަމަޖެހިފައިވާއިރު، ނުރަސްމީގަޑީގައި 36 ކައިވެނި ކޮށްދިނުމަށް ވަނީ ހަމަޖެހިފައެވެ.
ފެމިލީ ކޯޓުން ވިދާޅުވީ މިއަދަކީ މިއަހަރުގެ މިހާތަނަށް އެކޯޓުގައި އެއް ދުވަހެއް ތެރޭ އެންމެ ގިނަ ކައިވެނި ކޮށްދެވޭ ދުވަސް ކަމަށެވެ. އެހެންކަމުން ކޯޓުން ދާ ފަރާތްތަކަށް ލުއިފަސޭހަ ކޮށްދިނުމުގެ ގޮތުން ކޯޓުގެ ބޭރުގައި ހިޔާވާނެ ގޮތަށް ޓެންޓާއި، ގޮނޑިތައް ވެސް ފެމިލީ ކޯޓުންވަނީ ޖަހާފައެވެ.
މިއަދު 59 ކައިވެނި ކޮށްދިނުމަށް ތާވާލު ކޮށްފައިވާއިރު، ވަރީގެ 22 މައްސަލައެއް ވެސް މިއަދަށް ތާވަލުކޮށްފައިވާ ކަމަށް ފެމިލީ ކޯޓުން ވިދާޅުވިއެވެ.
Ads by BMLކޮންމެ އަހަރެއްގެވެސް ރީތި ތާރީޚުތަކުގައި ކައިވެނި ކުރާ އަދަދު ގިނަކަން ފާހަގަ ކުރެވެއެވެ. އެގޮތުން މިދިޔަ އަހަރުގެ ރީތި ތާރީޚްކަމަށްވާ 24-12-24 ގައިވެސްވަނީ 52 ކައިވެނިކޮށްފައެވެ.
Ads by MACL
