ށ. ނަލަންދޫ އަދި ނ. ފަރުމުލި ރިސޯޓު ތަރައްގީކުރަން ބީލަމަށް ހުޅުވާލައިފި
ފަތުރުވެރިކަމުގެ އާ މަޝްރޫއުތަކެއްގެ ދަށުން ށ. ނަލަންދޫ އާއި ނ. ފަރުމުލި ވަކިވަކި ރަށްތަކުގެ ގޮތުގައި ރިސޯޓު ތަރައްގީކުރުމަށްޓަކައި ބީލަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.
މީގެ ތެރެއިން 63.99 ހެކްޓަރުގެ ބޮޑުމިން ހުރި ށ. ނަލަންދޫއަށް ބިޑުކުރާ ފަރާތްތަކުގެ މާލީ ގާބިލުކަމުގެ މިންގަނޑެއްގެ ގޮތުގައި 10 މިލިއަން ޑޮލަރު ހުންނަންޖެހޭއިރު، ނ. ފަރުމުލީގެ ލީސް އެކުއިޒިޝަން ކޮސްޓުގެ ގޮތުގައި ކަނޑައަޅާފައިވަނީ 2.25 މިލިއަން ޑޮލަރެވެ. މިއީ މި ފަހަރުގެ ބީލަން ބުރުގައި ހުޅުވާލެވުނު އެންމެ އަގުބޮޑު ސަރަހައްދެވެ.
މި ފަހަރު ކުރިއަށްދާ މަޝްރޫއުތަކުގެ ދަށުންވެސް ބިން ހިއްކައިގެން ރިސޯޓު ތަރައްގީކުރުމުގެ ފުރުސަތު އިންވެސްޓަރުންނަށް ވަނީ ހުޅުވާލާފައެވެ. އަދި މި ކަމަށް ޝައުގުވެރިވާ ފަރާތްތަކުން ބީލަން ހުށަހެޅުމުގެ އެންމެ ފަހުގެ ސުންގަޑިއަކީ ނޮވެމްބަރު 17 އިން 23 އާ ދެމެދުގެ ތާރީޚުތަކެވެ.
Ads by BMLމީގެ އިތުރުން، ހަލާލް ޓޫރިޒަމްގެ ދާއިރާއިން ކުރިއަށްގެންދާ މަޝްރޫއުތަކަށް ހާއްސަ އިނާޔަތްތަކެއް ދިނުމަށް ވަނީ ނިންމާފައެވެ.
އެގޮތުން އެފަދަ މަޝްރޫއުތަކަށް ބޭނުންވާ ތަކެތި އެތެރެކުރުމުގައި އިމްޕޯޓް ޑިއުޓީން %20 ގެ ލުޔެއް ދިނުމަށް ވަނީ ހަމަޖެހިފައެވެ.
Ads by MACL
