އަސްލު ޓީވީގެ ވީޑިއޯ ރިޕޯޓަކީ ހަޤީގަތާ ޚިލާފު ދޮގު ވާހަކަތަކެއް: އެމްޓީސީސީ
އަމީނީ މަގު މަޝްރޫޢާ ގުޅުވައިގެން "އަސްލު ޓީވީ" އިން ޝާއިޢުކޮށްފައިވާ ވީޑިއޯ ރިޕޯޓަކީ އެއްވެސް ޙަޤީޤަތެއް ނެތް، ދޮގު މަޢުލޫމާތުގެ މައްޗަށް އެކުލަވައިލައިފައިވާ ބުޚުތާނު ރިޕޯޓެއް ކަމަށް މޯލްޑިވްސް ޓްރާންސްޕޯރޓް އެންޑް ކޮންޓްރެކްޓިންގ ކޮންޕެނީ (އެމްޓީސީސީ) އިން ބުނެފިއެވެ.
އެ ކުންފުނިން ނެރެފައިވާ ބަޔާނެއްގައިވަނީ މިފަދަ ރިޕޯޓުތަކުގެ މަޤުޞަދަކީ ކުންފުނީގެ މުވައްޒަފުންގެ މަސައްކަތުން ހޯދާފައިވާ ރީތި ނަން ކިލަނބުކޮށް، ކަސްޓަމަރުންނާއި ޙިއްޞާދާރުންނަށް މާލީ ގެއްލުން ދިނުން ކަމަށެވެ.
އަމީނީ މަގުގައި އެމްޓީސީސީން ކޮށްފައިވާ ހަމައެކަނި މަސައްކަތަކީ ހެންވޭރާ ވީ ކޮޅުގައިވާ ކުރީގެ މެރިން ރިސާޗް ސަރަޙައްދުގެ މަސައްކަތް ކަމަށާއި، އެ މަސައްކަތް ހަވާލުކޮށްފައިވަނީ 2023 ފެބްރުއަރީ 9 ދުވަހު ކަމަށް އެ ކުންފުނިން ފާހަގަކޮށްފައިވެއެވެ. އަދި އެ މަސައްކަތް ނިންމާފައިވަނީ 2023 މެއި 16 ގައި ކަމަށްވެސް އެ ބަޔާނުގައި ވެއެވެ.
Ads by BMLމީޑިއާތަކުން ކަންކަމުގެ ޙަޤީޤަތް ބަލައި، ހެއްކާއެކު ތެދު މަޢުލޫމާތު ފެތުރުމަށް އެމްޓީސީސީން ވަނީ އިލްތިމާސްކޮށްފައެވެ.
އަދި މި ވީޑިއޯގެ މައްސަލަ ކަމާބެހޭ ފަރާތްތަކުން ބައްލަވައިދެއްވުމަށާއި، ޤާނޫނީ ފިޔަވަޅުތައް އެޅުމުގެ މަސައްކަތް ކުންފުނީގެ ޤާނޫނީ ޓީމުން ކުރަމުން އަންނަ ކަމަށްވެސް އެ ކުންފުނިން ހާމަކޮށްފައިވެއެވެ
Ads by MACL
