ގދ. ގައްދޫގައި ޕާސްޕޯޓުގެ ޚިދުމަތް ފަށައިފި
މުޅި ރާއްޖެއަށް ޕާސްޕޯޓުގެ ޚިދުމަތް ފުޅާކުރުމަށް ސަރުކާރުން ހިންގާ ޕްރޮޖެކްގެ ދަށުން، ގދ. ގައްދޫގައި ރަސްމީކޮށް ޕާސްޕޯޓުގެ ޚިދުމަތް ފަށައިފިއެވެ. މިއާއެކު އެ އަތޮޅުން މި ޚިދުމަތް ލިބޭ ރަށްތަކުގެ އަދަދު ވަނީ ދެއަކަށް އަރާފައެވެ.
މި ޚިދުމަތް ފެށުމާ ގުޅިގެން ޕާސްޕޯޓަށް އެދި ހުށަހަޅާ ފަރާތްތަކަށް "ކަލެކްޝަން ޕޮއިންޓެއް"ގެ ގޮތުގައި ތިނަދޫ ސިޓީގެ އިތުރުން ގައްދޫ ވެސް މިހާރު ޚިޔާރުކުރެވޭނެ ކަމަށް މޯލްޑިވްސް އިމިގްރޭޝަނުން ބުނެއެވެ. މީގެ ސަބަބުން ޕާސްޕޯޓު ހެއްދުމަށް މާލެއަށް ދަތުރުކޮށް ބޮޑު ހޭދައެއް ކުރަން ޖެހެމުން އައި ދަތިކަމަށް ބޮޑު ލުޔެއް ލިބިގެންދާނެއެވެ.
ލާމަރުކަޒީ އުސޫލުން ކޮންމެ އަތޮޅަކުންވެސް މަދުވެގެން އެއް ރަށުން ޕާސްޕޯޓުގެ ޚިދުމަތް ލިބޭނެ އިންތިޒާމު ހަމަޖެއްސުމަށް އިމިގްރޭޝަނުން އަންނަނީ މަސައްކަތް ކުރަމުންނެވެ. އެގޮތުން މިދިޔަ ޖޫން މަހުގެ 21 ވަނަ ދުވަހު ބ. ދަރަވަންދޫގައިވެސް ވަނީ މި ޚިދުމަތް ތައާރަފުކޮށްފައެވެ.
Ads by BMLގދ. އަތޮޅުން ޕާސްޕޯޓު ނަގަން ބޭނުންވާ ފަރާތްތަކަށް "އިމުގާ" ޕޯޓަލް މެދުވެރިކޮށް މިހާރު އޮންލައިންކޮށް ހުށަހެޅޭނެ އިންތިޒާމު ވަނީ ހަމަޖެހިފައެވެ.
Ads by MACL
