ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓްގައި ސިއްހީ ކުއްލި ހާލަތަކަށް ތައްޔާރުވުމުގެ ބޮޑު ހަރަކާތެއް ބާއްވައިފި
ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގައި ދިމާވެދާނެ ސިއްހީ ނުރައްކަލުގެ ހާލަތްތަކަށް ހޭލުންތެރިވެ ތިބުމުގެ ގޮਤުން ހެލްތް ޕްރޮޓެކްޝަން އޭޖެންސީއާ ގުޅިގެން ހާއްސަ ޕާޝަލް އިމަޖެންސީ އެކްސަސައިޒެއް ކާމިޔާބުކަމާއެކު މިއަދު ނިންމާލައިފިއެވެ.
މި ހަރަކާތް ކުރިއަށް ގެންގޮސްފައިވަނީ އެއަރޕޯޓުގެ އޮޕަރޭޝަންތަކަށާއި ޝެޑިއުލްކޮށްފައިވާ އެއްވެސް ފްލައިޓަކަށް އެއްވެސް ކަހަލަ ބުރޫއެއް ނަރާ ކަމަށް މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީން ވަނީ ބުނެފައެވެ. މި ސިމިއުލޭޝަންގައި އެހީތެރިވުމުގެ ގޮތުން ބިއޯންޑް އެއާލައިނުން ވެސް ބައިވެރިވެފައިވާ ކަމަށް މައުލޫމާތު ލިބިފައިވެއެވެ.
މިފަދަ ކަސްރަތުތަކުގެ މައިގަނޑު ބޭނުމަކީ ކުއްލި ހާލަތެއްގައި ކަމާބެހޭ ހުރިހާ މުވައްސަސާތަކާއި އޭޖެންސީތައް ގުޅިގެން މަސައްކަތްކުރާ މިންވަރު އިތުރަށް ހަރުދަނާކޮށް، އެއަރޕޯޓުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމެވެ.
Ads by BMLއެއަރޕޯޓުގެ ސަލާމަތީ ކަންކަން ވަރުގަދަކުރުމަށް އެމްއޭސީއެލްއިން އަންނަނީ ކަމާގުޅޭ އިދާރާތަކާ ގުޅިގެން މިފަދަ ތަފާތު ހަރަކާތްތައް މެދުނުކެނޑި ހިންގަމުންނެވެ.
އެގޮތުން ރާއްޖޭގެ އޭވިއޭޝަން ދާއިރާގައި ބާއްވާ އެންމެ ބޮޑު ހަރަކާތް ކަމަށްވާ ފުލް ސްކޭލް އިމަޖެންސީ އެކްސަސައިޒް ވެސް އެއަރޕޯޓުގައި ގަވާއިދުން ބާއްވަމުން އަންނައިރު، މިފަދަ އެންމެ ފަހުގެ ހަރަކާތެއް ބާއްވާފައިވަނީ މީގެ ކުރީ އަހަރުއެވެ.
Ads by MACL
