ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

އަތޮޅުތެރެއިން: ނ. ކުޑަފަރީ ސިއްޙީ މަރުކަޒުގެ އާ ޢިމާރާތުގެ ފައުންޑޭޝަން ޓައި ބީމް އެޅުމުގެ މަސައްކަތް ފަށައިފި

އަތޮޅުތެރެއިން: ނ. ކުޑަފަރީ ސިއްޙީ މަރުކަޒުގެ އާ ޢިމާރާތުގެ ފައުންޑޭޝަން ޓައި ބީމް އެޅުމުގެ މަސައްކަތް ފަށައިފި

ނ. ކުޑަފަރީ ސިއްޙީ މަރުކަޒުގެ އާ ޢިމާރާތް ބިނާކުރުމުގެ މަޝްރޫޢުގެ ތެރެއިން، ޢިމާރާތުގެ ފައުންޑޭޝަން ޓައި ބީމް އެޅުމުގެ މަސައްކަތްތައް ސައިޓުގައި މިހާރު ކުރިއަށްދާ ކަމަށް އެމްޓީސީސީން ހާމަކޮށްފިއެވެ۔

މި މަޝްރޫޢަކީ ރާއްޖޭގެ ރަށްރަށުގެ ސިއްޙީ ޚިދުމަތުގެ ފެންވަރު މަތިކޮށް، އުމްރާނީ ވަސީލަތްތައް ތަރައްޤީކުރުމަށް ސަރުކާރުން ކުރިއަށްގެންދވާ މަޝްރޫޢުތަކުގެ ތެރެއިން އެމްޓީސީސީއާ ހަވާލުކޮށްގެން ކުރިއަށްގެންދާ މަޝްރޫޢެކެވެ۔

27.6 މިލިއަން ރުފިޔާގެ މި މަޝްރޫޢުގެ ދަށުން ކުޑަފަރީގައި ޒަމާނީ ފެންވަރުގެ އާ ސިއްޙީ މަރުކަޒެއް ބިނާކުރުމަށް ހަމަޖެހިފައިވާއިރު، މި މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފައިވަނީ 360 ދުވަހުގެ ތެރޭގައި ނިންމާގޮތަށެވެ۔

މި މަޝްރޫޢު ނިމިގެންދާއިރު ކުޑަފަރީގެ ރައްޔިތުންނަށް އެކަށީގެންވާ ރަނގަޅު މާހައުލެއްގައި ސިއްޙީ ޚިދުމަތްތައް ލިބިގެންދާނެ ކަމަށް އެމްޓީސީސީން ބުނެއެވެ۔