މަސްތުވާތަކެތި ބޭނުންކުރުމުން ވާނުވާނޭނގި 9 ވަނަ ބުރިން ވެއްޓި 27 އަހަރުގެ ޒުވާނަކު މަރުވެއްޖެ
ބެންކޮކް ޖޮމްޓިއަން ސަރަޙައްދުގައި ހުރި ކޮންޑޮމީނިއަމެއްގެ 9 ވަނަ ފަންގިފިލާއިން 27 އަހަރުގެ ރަޝިޔާގެ ފަތުރުވެރިއަކު ވެއްޓި، އެ ހާދިސާގައި މަރުވެއްޖެއެވެ.
މި ހާދިސާ ހިނގާފައިވަނީ އޭނާ ކެނެބިސް ބޭނުންކުރުމުގެ ސަބަބުން މީހާއަށް ވާނުވާ ނޭގި ހިޔާލީ ދުނިޔެއެއްގައި އުޅެވެމުން ކަމަށް ލަފާކުރެވޭތީ ފުލުހުން ވަނީ އިތުރަށް ޓެސްޓް ހަދައި ކަށަވަރުކޮށްފައެވެ.
ރިޕޯޓުތައް ބުނާ ގޮތުން މި ފަތުރުވެރިޔާގެ ހަށިގަނޑު ފެނިފައިވަނީ ބިމުގައި އޮއްވައެވެ. އަދި އޭނާގެ ހަށިގަނޑުގައި މަރުވެދާފަދަ ބޮޑެތި އަނިޔާތަކެއް ލިބިފައިވާކަން ފާހަގަކުރެވުނެވެ.
Ads by BMLމި ފަތުރުވެރިޔާ ދިރިއުޅެމުންދިޔަ ކޮޓަރި ބަލައި ފާސްކުރުމުން ކެނެބިސް އަދި އެ މަސްތުވާތަކެތި ބޭނުންކުރުމަށް އިސްތިޢުމާލުކުރާ އާލާތްތައް ފެނިފައިވެއެވެ.
ނަމަވެސް ކޮޓަރިއަށް މީހަކު ވަދެފައިވާ ކަމުގެ އަސަރެއް، ނުވަތަ ވައްކަމެއް ކޮށްފައިވާ ކަމުގެ ހެއްކެއް، ނުވަތަ އަނިޔާވެރިކަމެއްގެ ނިޝާނެއް ފެނިފައެއް ނުވެއެވެ.
Ads by MACL
