ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

އައިޖީއެމްއެޗްގެ އައިސީޔޫގައި ފަރުވާދެމުންދާ ކުޅިވަރު ނޫސްވެރިޔާ ސާއިދުގެ ހާލު ވަރަށް ނާޒުކު

މަޝްހޫރު ކުޅިވަރު ނޫސްވެރިޔާ މުހައްމަދު ސާއިދުގެ ހާލު ދެރަވެ އައިސީޔޫގައި ފަރުވާދެނީ ---
މަޝްހޫރު ކުޅިވަރު ނޫސްވެރިޔާ މުހައްމަދު ސާއިދުގެ ހާލު ދެރަވެ އައިސީޔޫގައި ފަރުވާދެނީ ---

ނޭވާލާ ނިޒާމަށާއި ހަށިގަނޑުގެ މުހިންމު ގުނަވަންތަކަށް ކުރިމަތިވެފައިވާ ނުރައްކާތެރި ސާޖިކަލް އަދި މެޑިކަލް ހާލަތްތަކާ ގުޅިގެން، ޕަބްލިކް ސާވިސް މީޑިއާ (ޕީއެސްއެމް)ގެ މަޝްހޫރު ކުޅިވަރު ނޫސްވެރިޔާ މުހައްމަދު ސާއިދުގެ ހާލު ވަރަށް ދެރަވެ، އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް)ގެ އައިސީޔޫގައި ފަރުވާދޭން ފަށައިފިއެވެ.

އާދައިގެ މަތިން ޑައިލިސިސް ހެދުމަށް ހޮސްޕިޓަލަށް ދިޔަ ވަގުތު ކުއްލިއަކަށް ހާލަތު ގޯސްވުމާ ގުޅިގެން އައިސީޔޫއަށް ބަދަލުކުރެވުނުއިރު، އޭނާގެ ހާލަތާ މެދު އުއްމީދު ކަނޑާލާފައިވާ ކަމަށް އާއިލާއިން ވަނީ ހާމަކޮށްފައެވެ.

ގދ. ތިނަދޫއަށް އުފަން ސާއިދަކީ 2018 ވަނަ އަހަރުގެ ޖޫން މަހުން ފެށިގެން ދެ ކިޑްނީ ފެއިލްވެ، ގަވާއިދުން ޑައިލިސިސް ހަދަމުން އައިސްފައިވާ ފަރާތެކެވެ. އިންފެކްޝަނެއްގެ ސަބަބުން ދެ ކިޑްނީގެ މަސައްކަތް ހުއްޓުނު ފަހުން އޭނާ އަންނަނީ ރާއްޖެއާއި ރާއްޖެއިން ބޭރުން މެދުކެނޑުމެއްނެތި ފަރުވާ ހޯދަމުންނެވެ.

ކުރިން ސަންއެފްއެމްއިން 2009 ގައި ނޫސްވެރިކަމުގެ ދާއިރާއަށް ނުކުތް ސާއިދަކީ 2015 އިން ފެށިގެން ޕީއެސްއެމްގައި ވަރަށް ހަރަކާތްތެރިކޮށް މަސައްކަތްކުރަމުންދިޔަ ކުޅަދާނަ ކޮމެންޓޭޓަރެކެވެ. ސާއިދުގެ އާއިލާގެ އެންމެންވެސް މިވަގުތު ތިބީ އޭނާއަށް އަވަސް ފަރުވާ ދެމުންދާއިރު މާލޭގައެވެ.