އަތޮޅުތެރެއިން: އއ. ރަސްދޫ ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫޢުގެ މަސައްކަތް ހަލުވިކަމާއެކު ކުރިއަށްދަނީ
އއ. ރަސްދޫ ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫޢުގެ މަސައްކަތް ވަރަށް ހަލުވިކަމާއެކު ކުރިއަށް ގޮސްފައެވެ. އެގޮތުން، މި މަޝްރޫޢުގެ ދަށުން މިހާރު ސައިޓުގައި މައިގަނޑު ގޮތެއްގައި ކުރިއަށްދަނީ ބޭރުތޮށީގައި ބޮޑުހިލަ ޖެހުމުގެ އަމަލީ މަސައްކަތް ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ހާމަކޮށްފިއެވެ.
ޖުމްލަ 80.4 މިލިއަން ރުފިޔާގެ މި މަޝްރޫޢުގެ ދަށުން އެ ރަށުގެ ގޮނޑުދޮށަށް ފަސްއަޅައި ހިއްކުމުގެ މަސައްކަތް މީގެ ކުރިން ކުންފުނިން ވަނީ ކާމިޔާބުކަމާއެކު ނިންމާލާފައެވެ.
މި މަޝްރޫޢަކީ ރަސްދޫގެ ރައްޔިތުންނަށް ދިމާވެފައިވާ ލަފާފުރުމުގެ ދަތިކަމާއި ރަށުގެ ގޮނޑުދޮށް ގިރުމުގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދައިދިނުމުގެ ގޮތުން ސަރުކާރުން ކުރިއަށްގެންދާ މުހިންމު މަޝްރޫޢެކެވެ.
Ads by BMLމި މަޝްރޫޢުގެ މަސައްކަތްތައް ކުރިއަށްދާގޮތުގެ އިތުރު މަޢުލޫމާތު ހޯދުމަށާއި އަދި ކުރިއަށް އަންނަ އަޕްޑޭޓްތައް ބެލުމަށް އެމްޓީސީސީގެ ރަސްމީ ވެބްސައިޓް projects.mtcc.com.mv އަށް ޒިޔާރަތް ކުރުމަށް އެ ކުންފުނިން އެދެއެވެ.
Ads by MACL
