ބޮޑުތަކުރުފާނު މަގު ފެހިކުރުމުގެ މަޝްރޫޢުގެ ދަށުން އިތުރު ކަނީރުގަސް އިންދައިފި
މާލެ ސަރަހައްދު ފެހިކޮށް ތިމާވެއްޓާ ރައްޓެހި ވެއްޓެއް ޤާއިމުކުރުމަށް އެމްޓީސީސީން ހިންގާ ހަރަކާތްތަކުގެ ތެރެއިން، ބޮޑުތަކުރުފާނު މަގުގެ ޚާރިޖީ ވުޒާރާއިން ފެށިގެން އެސްއެސް ބިލްޑިންގާ ހަމައަށްވާ ސަރަހައްދުގައި އިތުރު ކަނީރުގަސްތަކެއް އިންދައިފިއެވެ.
ދިވެހިންގެ ސަގާފަތާއި ތަރިކަ ރައްކާތެރިކުރުމާއެކު ރާއްޖޭގެ ޤުދުރަތީ ރީތިކަން އާލާކުރުމަށް ހިންގާ މި ހަރަކާތަކީ މާލޭގެ މަގުތައް ޒީނަތްތެރިކޮށް، ދަތުރުފަތުރުކުރާ ފަރާތްތަކަށް ހިތްފަސޭހަ މާހައުލެއް ހޯދައިދިނުމަށް ކުރިއަށްގެންދާ މުހިންމު މަސައްކަތެކެވެ.
ދިވެހިންގެ ޤައުމީ ވަހުތާތަކާއި ގުޅިފައިވާ މިފަދަ ތަބީޢީ ވަސީލަތްތައް ދެމެހެއްޓެ,ުމަށް ރައްޔިތުންނަށް ފައިދާހުރި ތަރައްޤީގެ މަޝްރޫޢުތަކާއެކު ތިމާވެށި ހިމާޔަތްކުރުމުގެ މަސައްކަތްތައް ކުރިއަށް އޮތް ތަނުގައިވެސް މެދުނުކެނޑި ކުރިއަށްދާނެ ކަމަށް އެ ކުންފުނިން ހާމަކޮށްފައިވެއެވެ.
Ads by BMLބޮޑުތަކުރުފާނު މަގު ފެހިކޮށް ޒީނަތްތެރިކުރުމަށް ކުރިއަށްގެންދާ މި މަޝްރޫޢަކީ މާލޭގެ ތިމާވެށި މުއްސަނދިކޮށް، އާންމުންނަށް ހިތްފަސޭހަ މާހައުލެއް ޤާއިމުކޮށްދިނުމުގެ ގޮތުން މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިމް ކޮންފެނީ (އެމްޓީސީސީ) އިން އިސްނަގައިގެން ކުރިއަށްގެންދާ މުހިންމު އިޖުތިމާއީ އަދި ތިމާވެށީގެ ހަރަކާތެކެވެ.
ދިވެހިންގެ ސަގާފަތާއި ގުދުރަތީ ތަރިކައާ ގުޅިފައިވާ ކަނީރުގަސް ފަދަ ގަސްތައް މާލޭގެ މައި މަގުތަކުގައި އިންދުމަކީ، ޝަހަރުގެ ލޭންޑްސްކޭޕް ރީތިކުރުމުގެ އިތުރުން ޖައްވަށް ފިނިކަމާއި ފަސޭހަކަން ގެނެސްދިނުމަށް އެޅޭ މުހިންމު ފިޔަވަޅެކެވެ.
Ads by MACL
