މާބައިދޫގެ ކުނި މެނޭޖްކުރުމާ ގުޅޭގޮތުން ކައުންސިލުން ވެމްކޯއާއެކު މަޝްވަރާކޮށްފި
ލ. މާބައިދޫގެ ކުނި މެނޭޖްކުރުމުގެ މަސައްކަތާއި އެ ކަމުގައި ހުރި ގޮންޖެހުންތަކާ ގުޅޭގޮތުން އިސްދޫ ދާއިރާގެ މަޖިލިސް މެންބަރު އިސްމާއީލް ޝަފީއު އާއި މާބައިދޫ ކައުންސިލުގެ ރައީސް ހަސަން އާދިލް، ވެސްޓް މެނޭޖްމަންޓް ކޯޕަރޭޝަން (ވެމްކޯ) ގޭ ސީނިއާ މެނޭޖްމަންޓާއެކު މިއަދު މަޝްވަރާ ބައްދަލުވުމެއް ބާއްވަވައިފިއެވެ.
މި ބައްދަލުވުމުގައި މާބައިދޫގައި ކުނި މެނޭޖްކުރުމުގެ ނިޒާމު ހިންގުމުގައި ދިމާވާ ދަތިތަކާއި، ކުނި ނައްތާލުމުގެ މަސައްކަތް އިތުރަށް ހަރުދަނާކުރެވޭނެ ގޮތްތަކާ ގުޅޭގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާ ކުރެވުނެވެ. މީގެއިތުރުން ރަށުގެ ތިމާވެށި ރައްކާތެރިކޮށް ބެހެއްޓުމަށްޓަކައި ވެމްކޯގެ އެހީތެރިކަމާއެކު ކުރިއަށްގެންދެވިދާނެ ކަންކަމާމެދުވެސް ވާހަކައްދެކެވުނެވެ.

Ads by BMLވެމްކޯގެ މެނޭޖިން ޑިރެކްޓަރު މުޖުތަބާ ޖަލީލްވެސް ބައިވެރިވެވަޑައިގެންނެވި މި ބައްދަލުވުމުގައި، ރަށްރަށުގެ ކުނި މެނޭޖްކުރުމުގެ ނިޒާމުތައް ތަރައްގީކުރުމަށް ކުރައްވަމުންދާ މަސައްކަތްތަކުގެ ތެރެއިން މާބައިދޫއަށް ބޭނުންވާ ހައްލުތައް ހޯދައިދިނުމާ މެދު މަޝްވަރާކުރެވުނެވެ. މާބައިދޫ ކައުންސިލުން ވަނީ ރަށުގެ ކުނި މެނޭޖްކުރުމުގެ ހާލަތު ރަނގަޅުކުރުމަށްޓަކައި އެއްބާރުލުން ބޭނުންވާ ދާއިރާތައް ވެމްކޯގެ މެނޭޖްމަންޓާ ހިއްސާކޮށްފައެވެ.
Ads by MACL
