ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

ށ. މިލަންދޫގައި ތަރައްގީކުރި އައުޓްޑޯ ޖިމްގެ މަސައްކަތް ނިންމާލައިފި

ށ. މިލަންދޫގައި ތަރައްގީކުރި އައުޓްޑޯ ޖިމްގެ މަސައްކަތް ނިންމާލައިފި

ށ. މިލަންދޫގައި ތަތައްގީކުރި އައުޓްޑޯ ޖިމްގެ އާ އިކްއިޕްމެންޓްސް ހަރުކޮށް ތަރައްގީ ކުރުމުގެ މަޝްރޫއުގެ ފިޒިކަލް މަސައްކަތްތައް މުޅިން ނިމިއްޖެއެވެ.

އެމްޓީސީސީން ހާމަކޮށްފައިވާ ގޮތުގައި މި މަޝްރޫއުގެ އަމަލީ މަސައްކަތް މުޅިން ނިންމާލާފައިވަނީ 2026 އޯގަސްޓް މަހުގެ 9 ވަނަ ދުވަހުއެވެ.

އާންމު ދިރިއުޅުމުގައި ދުޅަހެޔޮ ސިއްހަތެއް ދެމެހެއްޓުމަށާއި ރަށްރަށުގައި ކަސްރަތު ކުރާނެ ޒަމާނީ ވަސީލަތްތައް ގާއިމުކޮށްދިނުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކުގެ ދަށުން ކުރިއަށް ގެންދިޔަ މި މަޝްރޫއުގެ ސަބަބުން އެ ރަށުގެ ރައްޔިތުންނަށް، ޚާއްސަކޮށް ޒުވާނުންނަށް ވަރަށް ބޮޑު ފަސޭހަކަމަކަށް ވެގެންދާނެއެވެ. ޒަމާނީ ފެންވަރަށް ތަރައްގީކޮށްފައިވާ މި އައުޓްޑޯ ޖިމްގެ ސަބަބުން ރަށުގެ ތަރައްގީއަށް އިތުރު ފުރިހަމަކަމެއް ލިބިގެންދާނެ ކަމަށް އެމްޓީސީސީން ބުނެއެވެ.

ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ތަރައްގީގެ ގިނަ މަޝްރޫއުތަކެއް ހިންގަމުން އަންނަ އެމްޓީސީސީން އަންނަނީ ރައްޔިތުންނަށް ބޭނުންވާ އަސާސީ ވަސީލަތްތައް ފަހިކޮށްދެމުންނެވެ. މިފަދަ މަޝްރޫއުތަކުގެ ސަބަބުން ރަށްރަށުގެ އިޖުތިމާޢީ މާހައުލު ރަނގަޅުވެ، ރައްޔިތުންގެ ދުޅަހެޔޮކަމަށް ވަރަށް ބޮޑު ބާރަކަށް ވެގެންދާނެއެވެ.

މި މަޝްރޫއާ ބެހޭ އެންމެ ފަހުގެ އިތުރު މައުލޫމާތާއި އަޕްޑޭޓްތައް އެމްޓީސީސީގެ ރަސްމީ ވެބ୍ސައިޓް ކަމަށްވާ http://projects.mtcc.com.mv މެދުވެރިކޮށް ބެލޭނެ ކަމަށް އެ ކުންފުނިން މައުލޫމާތުދެއެވެ.