ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

ރޮކްޒީގެ ވާދެމުން ގުގުމާލައިފި، ގިނަބައެއްގެ އެދުމާއިއެކު އަތޮޅުރަށްތަކަށް ފުރުސަތުދޭނެ، ބައިވެރިވުން މިމަހުގެ ނިޔަލަށް!

ރޮކްޒީގެ ވާދެމުން ގުގުމާލައިފި، ގިނަބައެއްގެ އެދުމާއިއެކު އަތޮޅުރަށްތަކަށް ފުރުސަތުދޭނެ، ބައިވެރިވުން މިމަހުގެ ނިޔަލަށް!

ވާދެމުމުގެ ފޯރިގެނައުމަށް ރޮކްޒީން އިއުލާންކުރި ވާދެމުމުގެ މުބާރާތް އަތޮޅު ތެރޭގެ ރަށްތަކަށް ހުޅުވާލައިފިއެވެ.

ރޮކްޒީން ބުނީ މުބާރާތްް އިއުލާން ކުރި ހިސާބުން ރަށްރަށުން ޝައުގުވެރިކަން ފާޅުކުރަމުން ދިޔަ ކަމަށެވެ. ގިނަބައެއްގެ ޝައުގުވެރިކަން އައި ހިސާބުން މުބާރާތް މުޅި ރާއްޖެއަށް ހުޅުވާލީ ކަމަށެވެ.

މުބާރާތުގެ ބައިވެރިވުމުގެ އެންމެ ފަހު ތާރީޚަކީ މިމަހުގެ ނިޔަލަށެވެ.

އަޞްހާ އީދުގެ މުނާސަބަތުގައި ހުޅުމާލޭގައި ބޭއްވުމަށް ހަމަޖެހިފައިވާ މި މުބާރާތް ފެށުމަށް ހަމަޖެހިފައިވަނީ 07 ޖޫން 2025 ގައެވެ.

ރަށުގެ ނަމުގަވެސް ބައިވެރިވެވޭނެ. ކުލަބު ޖަމިއްޔާތަކަށްވެސް. ޖުމްލަކޮށް ހުރިހާ ޓީމްތަކަކަށް ބައިވެރިވެވޭ ގޮތަށް ހުޅުވާލެވިފައިވަނީ: ފިޝާވިން/ ރޮކްޒީ ރައީސް

ފިޝާވިން ޖީލަށް މައުލޫމާތު ދިން ގޮތުގައި ވާދެމުމަކީ ދިވެހިންގެެ ލެޔާއި ޖޯޝު ކައްކުވާލަދިން ކުޅިވަރެއް ކަމަށާއި، އަލުން އަނބުރާ އެކުޅިވަރު އެ ފޯރީގައި ކުރިއަށް ގެންދަން ބޭނުންވާ ކަމަށެވެ.

ފިޝާވިން އިތުރަށް ވިދާޅުވީ މިމުބާރާތް ބޭއްވުމަށް ސްޕޯޓްސް މިނިސްޓްރީއާއި އެޗްޑީސީން ދެމުންދާ އެއްބާރުލުމަށް ޝުކުރުދަންނަވާ ކަމަށެވެ. އަދި މިކުޅިވަރު އަލުން އަނބުރާ ގެނައުމަށް ސަރުކާރުގެ އެކިއެކި އިދާރާތަކުން ދެއްވަމުންގެންދަވާ އެއްބާރުލުން ވަރަށް ބޮޑަށް ފާހަގަ ކުރާކަމަށެވެ. އެފަރާތްތަކަށް ވެސް ޝުކުރު އަދާކުރާ ކަމަށެވެ.

ކޮންމެ ޓީމެއްގައިވެސް 10 ކުޅުންތެރިންނާއި 4 އޮފިޝަލުން ހިމެނޭއިރު މުބާރާތުގެ ޗެމްޕިއަން ޓީމަށް 45،000 ރުފިޔާގެ ފައިސާގެ އިނާމެއް ވަނީ ކަނޑައަޅާފައެވެ.

މުބާރާތުގެ މެޗުތައް އޮންނާނީ ކޮންމެ ރެއަކު 8:00 އިން 12:00 އަށް ހުޅުމާލެ ސެންޓްރަލް ޕާކުގައެވެ.

މި މުބާރާތާއި ގުޅޭ އިތުރު މައުލޫމާތު 9770107 އާއި ގުޅުއްވުމުން  ލިބޭނެއެވެ.