ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

އަތޮޅުތެރެއިން: ލ. މާބައިދޫ ބަނދަރު ސަރަހައްދުގައި ޤާއިމުކުރާ 25 ޓަނުގެ އައިސްޕްލާންޓްގެ މަސައްކަތް ނިމުމަކާ ގާތަށް

އަތޮޅުތެރެއިން: ލ. މާބައިދޫ ބަނދަރު ސަރަހައްދުގައި ޤާއިމުކުރާ 25 ޓަނުގެ އައިސްޕްލާންޓްގެ މަސައްކަތް ނިމުމަކާ ގާތަށް

ލ. މާބައިދޫ ބަނދަރު ސަރަހައްދުގައި ގާއިމް ކުރުމަށް މި ވެރިކަމުގައި ކޮންޓްރެކްޓް ކުރެވުނު 25 ޓަނުގެ އައިސްޕުލާންޓް ބެހެއްޓުމަށް ހަދަމުންދާ އިމާރާތުގެ މަސައްކަތް މިހާރު ވަނީ ގާތްގަނޑަކަށް ނިމުމަކާ ގާތަށް ގޮސްފައެވެ.

އިރާދަ ކުރެއްވިއްޔާ ކުރިއަށް އޮތް 1 މަސްތެރޭ މި ތަން ހުޅުވިގެންދާނެ ކަމަށާއި، މިއީ އެ ރަށުގެ މަސްވެރިންނަށް ދިމާވެފައިވާ އައިސް ލިބުމުގެ ދަތިކަމަށް ލިބިގެންދާނެ މުހިންމު ލުޔެއް ކަމަށް ކަމާބެހޭ ފަރާތްތަކުން ފާހަގަކުރެއެވެ.

މި މަޝްރޫއު އެންމެ ފުރިހަމައަށް ކުރިއަށް ގެންދިއުމަށްޓަކައި މިނިސްޓްރީ އޮފް އިންފްރާސްޓްރަކްޗަރ, ހައުސިންގ އެންޑް އާބަން ޑިވެލޮޕްމަންޓާއި، މިނިސްޓްރީ އޮފް ފިޝަރީޒް, އެގްރިކަލްޗަރ އެންޑް އޯޝަން ރިސޯސަސްގެ އިތުރުން ކަމާގުޅުންހުރި އެހެނިހެން ވުޒާރާތަކުން ދަނީ ގާތުން މަސައްކަތްކުރަމުންނެވެ.