ސްރީލަންކާގެ ސުވަސެވަނަ ހޮސްޕިޓަލުގައި ދިވެހި ދަރިވަރުންނަށް އިންޓާންޝިޕް ހެދޭގޮތަށް އެއްބަސްވުމެއްގައި ސޮއިކޮށްފި
ދިވެހިރާއްޖޭގެ މެޑިކަލް ގްރެޖުއޭޓުންނަށް ސްރީލަންކާގެ މަޝްހޫރު ސުވަސެވަނަ ހޮސްޕިޓަލުން އެއް އަހަރު ދުވަހުގެ ކްލިނިކަލް އިންޓާންޝިޕް ފުރުޞަތުތައް ހޯދައިދިނުމުގެ ގޮތުން، ޞިއްޙަތާއި ޢާއިލާއާއި އިޖުތިމާޢީ އެހީއާބެހޭ ވުޒާރާއާއި އެ ހޮސްޕިޓަލާ ދެމެދު މުހިންމު އެއްބަސްވުމެއްގައި ސޮއިށްފިއެވެ.
ރޯޝަނީ ބިލްޑިންގައި ބޭއްވި މި ރަސްމިއްޔާތުގައި ޞިއްޙީ ވުޒާރާގެ ފަރާތުން ސޮއިކުރެއްވީ ސްޓޭޓް މިނިސްޓަރ ޚަދީޖާ ޢަބްދުއްޞަމަދު ޢަބްދުﷲ އެވެ. އަދި ސުވަސެވަނަ ހޮސްޕިޓަލުގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ އެ ހޮސްޕިޓަލުގެ ޑިރެކްޓަރ ބަންޑުލާ އެގޮޑަގޭއެވެ.
މި ރަސްމިއްޔާތުގައި ޞިއްޙަތާބެހޭ ވަޒީރު ޤީލާ ޢަލީގެ އިތުރުން ދެ ވުޒާރާގެ އިސްވެރިންނާއި ޚާރިޖީ ވުޒާރާގެ ބޭފުޅުން ބައިވެރިވެވަޑައިގެންނެވިއެވެ.
Ads by BMLމި އެއްބަސްވުމުގެ ދަށުން ކޮންމެ އަހަރަކު 20 ދަރިވަރުންނަށް އެ ހޮސްޕިޓަލުގައި ތަމްރީނު ހޯދުމުގެ ފުރުޞަތު ލިބިގެންދާނެއެވެ.
މިއީ ރާއްޖޭގެ ޑޮކްޓަރުން އުފެއްދުމުގައި ދިމާވާ ގޮންޖެހުންތަކަށް ލިބިގެންދާ ރަނގަޅު ލުޔެއް ކަމަށް ޞިއްޙީ ވުޒާރާއިން ފާހަގަކުރެއެވެ.
ޒަމާނީ ވަސީލަތްތަކާއެކު ލިބޭ މި ފުރުޞަތުގެ ސަބަބުން ދިވެހި ދަރިވަރުންގެ ޤާބިލުކަން އިތުރުވެ، ސަރަޙައްދީ ފެންވަރުގެ ތަޖުރިބާތަކެއް ލިބިގެންދާނެ ކަމަށް ދެ ފަރާތުން ވެސް ވަނީ ވިދާޅުވެފައެވެ.
Ads by MACL
