މިހަފްތާ ބަންދުގައި”ޖަންނަތު“ގެ 20އަށްވުރެ ގިނަ ޝޯ އަތޮޅުތެރޭ ރަށްރަށުގައި ދައްކަނީ
ދިވެހި ފިލްމީ ދާއިރާގައި ފާހަގަކޮށްލެވޭ ކާމިޔާބު ޕްރޮޑަކްޝަން ހައުސް، ޑާކް ރެއިން އެންޓަޓެއިންމެންޓުން އުފައްދާފައިވާ އަސަރުގަދަ ފިލްމު "ޖަންނަތު" ގެ 20 އަށް ވުރެ ގިނަ ޝޯ އަތޮޅުތެރޭ ރަށްރަށުގައި ދައްކެމަށް ހަމަޖެހިފައިވާ ކަމަށް އެ ފިލްމްގެ ޑިސްޓްރިބިއުޓަރ އައިލެންޑް ސިނަމާއިން ބުނެފިއެވެ.
މިވަގުތު އޮލިމްޕަސް ސިނަމާގައިވެސް ހައުސްފުލް ޝޯތަކެއް ދައްކަމުންދާ މިފިލްމްގެ ޑިމާންޑް އަތޮޅުތެރޭގައިވެސް ބޮޑު ކަމަށް އައިލެންޑް ސިނާމާއިން ބުނެއެވެ. އެގޮތުން، މިހަފްތާ ބަންދުގައި އައްޑޫ ސިޓީ އާއި ފުވައްމުލަކު ސިޓީގައި 13 އަދި 14 ވަނަ ދުވަހު ޝޯ ދެއްކުމަށް ހަމަޖެހިފައިވާއިރު، އެ ޝޯތަކުގެ ޓިކެޓް މިހަރު ހުސްވެ ހައުސްފުލް ވެފައިވާ ކަމަށްވެސް އެ ފަރާތުން ބުނެއެވެ.
މި މަހު 6 ވަނަ ދުވަހުންފެށިގެން އެކި ރަށްރަށުގައި ޖަންނަތުގެ ޝޯތައް ދައްކަމުން ދާއިރު، ނިމިދިޔަ ހަފްތާ ބަންދުގައިވެސް ވަރަށް ގިނަ ރަށްރަށުގައި ވަނީ މި ފިލްމްގެ ޝޯތައް ދައްކާފައެވެ. އަދި މި ހަފްތާ ބަންދުގެ އިތުރުން ސެޕްޓެމްބަރ 3 ވަނަ ދުވާހައި ހަމަޔަށް އިތުރު ރަށްރަށުގައިވެސް ޝޯ އެޅުވުމަށް ތާރީޚް ފައިނަލްކޮށް ޓިކެޓް ވިކެމުންދާ ކަމަށްވެސް އައިލެންޑް ސިނަމާއިން ބުނެއެވެ.
Ads by BMLހުރިހާ އުމުރުފުރާއަކަށްވެސް ބެލޭގޮތަށް ރޭޓްކޮށްފައިވާ މި ފިލްމުގެ ޓިކެޓާއެކު ބެލުންތެރިންނަށް ޚާއްޞަ ފުރުޞަތެއްވެސް ވަނީހުޅުވާލެވިފައެވެ. އެގޮތުން ރާއްޖޭގެ ކޮންމެ ރަށަކުންވެސް "ޖަންނަތު" ގެ ޓިކެޓް ބައްލަވައިގަންނަ ފަރާތްތަކުގެ މެދުގައި ނެގޭ ގުރުއަތުން ހޮވޭ ފަރާތަކަށް 'އެވޯން' ގެ ކްއީން ސައިޒް އެނދެއް ލިބިގެންދާނެއެވެ.
"ޖަންނަތު" ގެ ފުރަތަމަ ޓީޒާ އާންމުކުރުމާއެކު ގިނަ ބައެއްގެ ޝައުގުވެރިކަން ލިބުނުއިރު، ދެވަނަ ޓީޒާއާއެކު ބެލުންތެރިންގެ ސަމާލުކަން ވަނީ އިތުރަށް އަތުލާފައެވެ.
އަހުމަދު ތޮލާލް އަދި އާއިޝަތު ފުއާދު ލިޔެފައިވާ މޮޅު ސްކްރިޕްޓަކަށްތައްޔާރުކޮށް، އަލީ ޝިފާޢު (ޗިއްޕާ) ޑައިރެކްޓްކޮށްފައިވާ މި ފިލްމުގެ މައިގަނޑު ރޯލުތަކުން ފެނިގެންދާނީ ދިވެހި ފިލްމީ ދާއިރާގައި މިހާރު އެންމެ މަގުބޫލު އެއް ތަރި ކަމަށްވާ ޝަރަފް ޢަބްދުﷲ އާއި އާމިނަތު ޝުހާ އެވެ. މީގެ އިތުރުން ތަޖުރިބާކާރު އެކްޓަރުން ކަމަށްވާ މުޙައްމަދު ރަޝީދު (ދަރާ) އާއި އިސްމާޢީލް ރަޝީދު (ކޮޕީ އިއްސެ)، ޢާއިޝަތު ޔާދާ ވެސް މުހިންމު ރޯލުތަކުން ފެންނާނެއެވެ. ފިލްމުގެ މުހިންމު އިތުރު ކާސްޓުންގެ ތެރޭގައި އަފްރާހް އަދި އަންޖީ ހިމެނެއެވެ.
މި ފިލްމުގައި މައިގަނޑު ގޮތެއްގައި ދައްކުވައިދެނީ ނުކުޅެދުންތެރިކަން ހުންނަބައްޕައަކު، އޭނާގެ ދަރިފުޅާއެކު ވުމަށްޓަކައި ކުރާ އަސަރުގަދަ މަސައްކަތްތަކެކެވެ. ފިލްމުގެ ދެވަނަ ޓްރެއިލާއިންވެސް މި ފިލްމުގެ އަސަރުގަދަކަން ހާމަވެގެންދާއިރު، ފަނޑިޔާރު މަނިކުފާނުގެ ކުރިފުޅުމަތީގައި ނިޔާ އިއްވަން ތައްޔާރުވަމުންދަނީ އެ ކުއްޖާ، ނުކުޅެދުންތެރިކަން ހުންނަ ބައްޕައާ ހަވާލުކުރާނެތޯ ނުވަތަ ނޫންތޯއެވެ.
މިއީ އާއިލާ މުޅިން އެކީގައި ގޮސް ބަލާލަން ވަރަށް ފުރިހަމަ އަދި އަސަރުގަދަފިލްމަކަށްވެގެންދާނެއެވެ.
Ads by MACL
