ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

އާރްޑީސީން މަޢުލޫމާތު ހާމަކުރުމުގެ ޤާނޫނީ ޒިންމާ ފުރިހަމަކޮށްފި

އާރުޑީސީގެ މުވައްޒަފުން މަގުހެދުމުގެ މަސައްކަތުގައި ---
އާރުޑީސީގެ މުވައްޒަފުން މަގުހެދުމުގެ މަސައްކަތުގައި ---

މަޢުލޫމާތު ހޯދައި ލިބިގަތުމުގެ ޙައްޤުގެ ޤާނޫނުގެ ދަށުން، އިދާރާތަކުން އަމިއްލަ އިސްނެގުމުގައި އާންމުކޮށް ހާމަކުރަން ލާޒިމުކުރާ ހުރިހާ މަޢުލޫމާތެއް ރޯޑް ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އާރްޑީސީ) ގެ ރަސްމީ ވެބްސައިޓުގައި ޝާއިއުކޮށް ފުރިހަމަކޮށްފިއެވެ۔

މަޢުލޫމާތު ކޮމިޝަނަރުގެ އޮފީހުން މަޢުލޫމާތު ދެއްވާފައިވާ ގޮތުގައި، އާރްޑީސީއަކީ އަމިއްލަ އިސްނެގުމުގައި ހާމަކުރަންޖެހޭ މަޢުލޫމާތު ފުރިހަމައަށް ޝާއިއުކުރި ދައުލަތުގެ 3 ވަނަ ކުންފުންޏެވެ. އަދި މުޅި ރާއްޖޭގެ ދައުލަތުގެ ހުރިހާ އިދާރާތަކުގެ ތެރެއިން މި ނަމޫނާ ދެއްކި 40 ވަނަ އިދާރާއެވެ.

މަޢުލޫމާތު ހޯދައި ލިބިގަތުމުގެ ޙައްޤުގެ ޤާނޫނުގެ ދަށުން ދައުލަތުގެ ކުންފުނިތަކާއި އިދާރާތަކުން އަމިއްލައަށް އިސްނަގައިގެން އާންމުކުރަންޖެހޭ މަޢުލޫމާތުތަކުގެ ތެރޭގައި، އެ އިދާރާއެއްގެ ހިންގުމުގެ އޮނިގަނޑާއި، ބަޖެޓުގެ ތަފްސީލުތަކުގެ އިތުރުން، އާންމުންނަށް ފޯރުކޮށްދޭ ޚިދުމަތްތަކާ ބެހޭ މަޢުލޫމާތު ހިމެނެއެވެ۔

އާރްޑީސީން މި މަޢުލޫމާތުތައް ފުރިހަމައަށް އާންމުކުރުމާ ގުޅިގެން، ކޮމިޝަނަރުގެ އޮފީހުން ވަނީ އެ ކޯޕަރޭޝަނުގެ މަސައްކަތަށް މަރުޙަބާ ކިޔައި، ހާމަކަން ބޮޑު ގޮތެއްގައި ކުންފުނި ހިންގުމަށް ކުރަމުންދާ މަސައްކަތްތަކަށް ސާބަސް ދީފައެވެ.