ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

ބޮޑު އީދު ބައްދަލު މިކުރަނީ ބޮޑު ރޯގާއާއި އެކު، ރައްކާތެރިކަމުގެ ފިޔަވަޅު އަޅުއްވައި މާސްކު އަޅުއްވާ!

ބޮޑު އީދު ބައްދަލު މިކުރަނީ ބޮޑު ރޯގާއާއި އެކު، ރައްކާތެރިކަމުގެ ފިޔަވަޅު އަޅުއްވައި މާސްކު އަޅުއްވާ!

މިދުވަސްވަރު އަރިދަފުސް ރޯގާއާއިއެކު ކޮވިޑް-19 ވަރަށް ބޮޑަށް ފެތުރެމުންދާ ކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ ( އީޕީއޭ ) އިން ހާމަކޮށްފިއެވެ.

އެޗްޕީއޭ އިން ބުނީ ރޯގާ ޖެހޭ މީހުންގެ އަދަދު އިތުރުވި ނަމަވެސް މިދިޔަ އަހަރާ އަޅާ ބަލާއިރު ޑެންގީ ހުން ޖެހިގެން ރިޕޯޓް ކުރާ އަދަދު ވަރަށް ބޮޑަށް މަދުވެފައިވާ ކަމަށެވެ. މިދިޔަ އަހަރުގެ އޭޕްރީލް ހަޔަކުން މޭ 17 ގެ ނިޔަލަށް ރިޕޯޓު ކޮށްފައި ވަނީ 675 ކޭސް އެވެ. މި އަހަރުގެ އެ މުއްދަތުގައި ރިޕޯޓްކުރީ 86 ކޭސް އެވެ.


ޑެންގީ ޖެހިގެން އެންމެ ގިނައިން ރިޕޯޓް ކޮށްފައި ވަނީ ރ. ކ. އަދި އއ. އަތޮޅުން ކަމަށް އެޗްޕީއޭ އިން ބުންޏެވެ.

އޭޕްރިލް 6 އިން މެއި 17 އަށް:

- އަރިދަފުސް ރޯގާ - 43،882 ކޭސް

- އިންފުލުއެންޒާ - 254 ކޭސް

- ކޮވިޑް-19 - 37 ކޭސް

މި ދުވަސްވަރު ރާއްޖޭގެ ހުރިހާ ހިސާބެއްގައި ވެސް އަރިދަފުސް ރޯގާ ޖެހިގެން ރިޕޯޓްކުރާ އަދަދު އިތުރުވަމުންދާއިރު، ކޮވިޑާއި އިންފްލުއެންޒާ ޖެހިގެން އެންމެ ގިނައިން ރިޕޯޓްކޮށްފައި ވަނީ މާލެ ސަރަހައްދުން ކަމަށެވެ.

އެހެންވެ، މިފަދަ ރޯގާތަކުން ރައްކާތެރިވުމުގެ ފިޔަވަޅުތައް އަޅަމުން ގެންދިއުމަށް ސަމާލުކަން ދިނުމަށް އެޗްޕީއޭ އިން އިލްތިމާސްކުރި އެވެ.