ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

ޤައުމީ ދުވަހުގެ ތައްޔާރީތަކުގައި ފެނަކަ އުތީމު ބްރާންޗުން ފުރިހަމަ ނަމޫނާއެއް!

ޤައުމީ ދުވަހުގެ ތައްޔާރީތަކުގައި ފެނަކަ އުތީމު ބްރާންޗުގެ މުވައްޒަފުން ----
ޤައުމީ ދުވަހުގެ ތައްޔާރީތަކުގައި ފެނަކަ އުތީމު ބްރާންޗުގެ މުވައްޒަފުން ----
މިއަހަރުގެ ޤައުމީ ދުވަހުގެ ރަސްމިއްޔާތު ބޭއްވުމަށް ހަމަޖެހިފައިވާ ތާރީޚީ ރަށް، ހއ. އުތީމު އެ ދުވަހަށް ތައްޔާރުކުރުމުގެ މަސައްކަތުގެ އެންމެ ކުރީސަފުގައި ފެނަކަ ކޯޕަރޭޝަންގެ އުތީމު ބްރާންޗުން ޙަރަކާތްތެރިވާން ފަށައިފިއެވެ.
މިގޮތުން އެ ރަށް ޒީނަތްތެރިކޮށް، ރަސްމިއްޔާތަށް ބޭނުންވާ ކަންކަން ފުރިހަމަކުރުމުގައި އެ ބްރާންޗުގެ ހީވާގި މުވައްޒަފުން ދަނީ ބުރަ މަސައްކަތްތަކެއް ކުރަމުންނެވެ.
މި މަސައްކަތް ކުރިއަށްދަނީ ފެނަކައިގެ މެނޭޖިންގ ޑިރެކްޓަރ (އެމްޑީ) ގެ ޚާއްޞަ އިރުޝާދުގެ ދަށުންނެވެ. އެމްޑީގެ އިރުޝާދާއެކު އުތީމު ބްރާންޗުގެ ސްޓޭޝަން މެނޭޖަރާއި އެންމެހާ މުވައްޒަފުން ގުޅިގެން ކުރަމުންދާ މި މަސައްކަތަކީ ވަރަށް ފުރިހަމަ ނަމޫނާއެއްގެ ގޮތުގައި ވަނީ ފާހަގަކުރެވިފައެވެ.
ސޯޝަލް މީޑިއާގައި އާންމުކޮށްފައިވާ މައުލޫމާތާއި ފޮޓޯތަކުން ފެންނަ ގޮތުގައި، ރޭގަނޑުގެ ވަގުތުތަކުގައިވެސް ފެނަކައިގެ މުވައްޒަފުން ދަނީ އުތީމުގައި އެކި ކަހަލަ މަސައްކަތްތައް ކުރަމުންނެވެ. މިއީ ޤައުމީ ރޫޙުގައި، ރަށަށް ޒިޔާރަތްކުރާނެ ގިނަ އަދަދެއްގެ މެހެމާނުންނަށް މަރުޙަބާ ކިޔުމަށްޓަކައި ޤައުމީ ފެންވަރުގައި ކުރިއަށްގެންދާ މުހިންމު ޙަރަކާތެކެވެ.