ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

މާދަމާ އަކީ ހައްޖުމަހުގެ ފުރަތަމަ ދުވަސް، ޖޫން 6 ވާނީ ޢީދު ދުވަހަށް!

މާދަމާ އަކީ ހައްޖުމަހުގެ ފުރަތަމަ ދުވަސް، ޖޫން 6 ވާނީ ޢީދު ދުވަހަށް!

މާދަމާއަކީ ހައްޖު މަހުގެ ފުރަތަމަ ދުވަސް ކަމަށާއި މިއަހަރުގެ އަޞްހާ އީދު ފުރަތަމަ ދުވަހަކީ 6 ޖޫން އެވެ.

ހިޖުރީ ކަލަންޑަރުގައި ވެސް ޒުލްހިއްޖާ މަހުގެ ފުރަތަމަ ދުވަހުގެ ގޮތުގައި އޮތީ މާދަމާ އެވެ. އަދި އަރަފާތު ދުވަހަކީ ވެސް މި މަހުގެ ފަސް ވަނަ ދުވަސް ކަމަށާއި ހަ ވަނަ ދުވަހަކީ ބޮޑު އީދު ކަމަށް ކަލަންޑަރުގައިވެ އެވެ.


ސައުދީ ސަރުކާރުން އެގޮތަށް އިއުލާންކުރުމާ އެކު އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވެސް ވަނީ ރާއްޖޭން ސައުދީގެ ނިންމުމަށް އަމަލުކުރަން ނިންމާފައިވާ ކަން އިއުލާނުކޮށްފަ އެވެ.


މި އަހަރު ރާއްޖެއިން ހައްޖުގެ އަޅުކަމަށްދާ ފުރަތަމަ ގްރޫޕު އިއްޔެ ވަނީ ސައުދީއަށް ގޮސްފަ އެވެ. އާންމުކޮށް ކޮންމެ އަހަރަކު ވެސް ރާއްޖެއަށް ލިބެނީ 1،000 ހައްޖު ކޯޓާ އެވެ. އެކަމަކު މިފަހަރު ލިބުނު ސީދާ އަދަދު އަދި ހާމައެއް ނުކުރެ އެވެ.