ޤައުމީ ދުވަހުގެ ރަސްމީ ހަރަކާތްތަކުގައި ބައިވެރިވެވަޑައިގަތުމަށް ރައީސްގެ ދެކަނބަލުން އުތީމަށް ވަޑައިގެންފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒާއި އަނބިކަނބަލުން ސާޖިދާ މުޙައްމަދު، ޤައުމީ ދުވަހުގެ ރަސްމީ ހަރަކާތްތަކުގައި ބައިވެރިވެވަޑައިގަތުމަށް ހއ. އުތީމަށް ވަޑައިގަތުމުން އެ ރަށުގެ ރައްޔިތުންގެ ފަރާތުން ހޫނު މަރުޙަބާއެއް ދަންނަވައިފިއެވެ.
މި ދަތުރުފުޅުގެ އެންމެ ޚާއްޞަ ހަރަކާތެއްގެ ގޮތުން މިއަދު ހެނދުނު 10:00 ގައި އުތީމުގައި ބާއްވާ ރަސްމީ ޖަލްސާގައި ޤައުމީ އިނާމުތައް ދިނުން އޮންނާނެއެވެ. މި އަހަރު ޝަރަފުވެރިކަމުގެ ޤައުމީ އިނާމު ތިން ބޭފުޅަކަށާއި ޖަމުޢިއްޔާއަކަށް ލިބިވަޑައިގަންނަވާއިރު، ހިތްވަރު ދިނުމުގެ ޤައުމީ އިނާމު ހަތް ބޭފުޅަކަށާއި އެއް ކުންފުންޏަކަށް އަދި ޚިދުމަތުގެ ޤައުމީ އިނާމު އެއް ބޭފުޅެއްގެ ހަނދާނަށް އެރުވުމަށް ވަނީ ހަމަޖެހިފައެވެ.
މީގެ އިތުރުން، މި ދަތުރުފުޅުގައި ރައީސުލްޖުމ୍ހޫރިއްޔާ ވަނީ އުތީމުގައި އަލަށް ތަރައްޤީކޮށްފައިވާ ބޮޑުތަކުރުފާނުގެ ހަނދާނީ ދޮރާއްޖެއާއި ބޮޑުތަކުރުފާނުގެ ޤައުމީ ޖިހާދު ބުނެދޭ ވާހަކަ ވައު ހުޅުއްވައިދެއްވުމަށް ނިންމަވާފައެވެ.
Ads by BMLޤައުމީ ދުވަހުގެ އުފާވެރި މުނާސަބަތާ ގުޅިގެން އުތީމުގައި އިއްޔެ ދިދަ ނެގުމުގެ ރަސްމިއްޔާތެއް ބާއްވާފައިވާއިރު، ރޭގެ ވަގުތެއްގައި ވަނީ އެ ރަށުގައި ޚާއްޞަ ހަވާއެއް ވެސް އަރުވާފައެވެ.
ދިވެހިރާއްޖޭގައި ޤައުމީ ދުވަސް ކޮންމެ އަހަރަކު ވެސް ފާހަގަކުރަނީ ރަބީޢުލްއައްވަލް މަހުގެ 1 ވަނަ ދުވަހު ކަމަށްވާއިރު، މިއީ އައްސުލްޠާނުލްޣާޒީ މުޙައްމަދު ތަކުރުފާނުލް އަޢުޡަމް ޕޯޗުގީޒުންގެ އަތްދަށުން ދިވެހިރާއްޖެ މިނިވަންކޮށްދެއްވި މަތިވެރި ޒިކުރާ އައު ކުރުމުގެ ގޮތުންނެވެ.
Ads by MACL
