ދައުލަތަށް ނެގި ތުއްތު ކުއްޖަކީ ކައިވެނިން ބޭރުން ލިބިފައިވާ ކުއްޖެއްކަން އެނގިއްޖެ
ވިހޭތާ ތިން ދުވަސްވީ ތުއްތު ކުއްޖަކު ދައުލަތުގެ ބެލުމުގެ ދަށަށް ނެގުމާ ގުޅިގެން އާންމުންގެ ފާޑުކިޔުންތަކެއް އަމާޒުވެފައިވަނިކޮށް، އެއީ ކައިވެނިން ބޭރުން ލިބިފައިވާ ކުއްޖެއްކަން އެނގިއްޖެއެވެ.
ސޯޝަލް މީޑިއާގައި ހިންގާ ޕޭޖުތަކުގައި ވައިރަލްވި ޕޯސްޓެއްގައި ބުނެފައިވަނީ އެ ކުއްޖާ ދައުލަތަށް ނަގާފައިވަނީ މައިމީހާގެ ނަފްސާނީ މައްސަލައެއް ހުރުމާއި ނުކުޅެދުންތެރިކަން ހުރުމުގެ ސަބަބުން ކުއްޖާ ބެލެހެއްޓުމުގެ ގާބިލުކަން ނެތް ކަމަށް ބުނެއެވެ.
މި ކަމާ ގުޅިގެން ހެލްތު މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނީ ކުޑަކުދިންނަށް ބޭނުންވާ ރައްކާތެރިކަން ފޯރުކޮށްދިނުމަކީ ދައުލަތުގެ ބޮޑު ޒިންމާއެއް ކަމަށެވެ. ކުޑަކުދިންނާ ގުޅިގެން ހުށަހެޅޭ މައްސަލަތަކުގައި ކުއްޖަކު ދައުލަތުގެ ބެލުމުގެ ދަށަށް ގެންނާނީ އާއިލާގެ ތެރެއިން ރައްކާތެރިކަން ކަށަވަރުނުކުރެވޭ ހާލަތްތަކުގައި އެކަނި ކަމަށް ވެސް އެ މިނިސްޓްރީން ބުންޏެވެ.
Ads by BMLމިނިސްޓްރީން ފާހަގަކުރި ގޮތުގައި ދައުލަތުގެ ބެލުމުގެ ދަށަށް ކުއްޖަކު ނަގާނީ ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމުގެ ގާނޫނުގެ ދަށުން އެންމެ ފަހު ފިޔަވަޅެއްގެ ގޮތުގައެވެ. އަދި ކުއްޖާගේ ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި މައިންބަފައިންގެ ގާތުގައި ކުއްޖާ ބަހައްޓައިގެން ހައްގުތައް ހިމާޔަތްކުރުމަށް ދައުލަތުން އަބަދުވެސް އިސްކަންދޭނެ ކަމަށް ބުންޏެވެ.
މައިންބަފައިންގެ ގާތުގައި ކުއްޖާ ނުބެހެއްޓޭ ހާލަތްތަކުގައި، އާއިލާގެ ތެރެއިން ރައްކާތެރިކަން ފޯރުކޮށްދެވޭނެ އެހެން ފަރާތެއް ހުރިނަމަ، އެ ފަރާތެއްގެ ގާތުގައި ކުއްޖާ ބެހެއްޓުމަކީ ދައުލަތުން އިސްކަންދޭނެ ކަމެއް ކަމަށްވެސް މިނިސްޓްރީގެ ބަޔާނުގައި ބުނެފައިވެއެވެ.
Ads by MACL
