ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

އިންޑިއާގެ މިނިވަން ދުވަހުގެ މުނާސަބަތުގައި ރާއްޖެއިން ހޫނު މަރުޙަބާއެއް ކިޔައިފި

އިންޑިއާގެ މިނިވަން ދުވަހުގެ މުނާސަބަތުގައި ރާއްޖެއިން ހޫނު މަރުޙަބާއެއް ކިޔައިފި

ރާއްޖެއާއި އިންޑިއާއާ ދެމެދު އޮތް ޒަމާންވީ ގާތް ގުޅުން އިތުރަށް ބަދަހިވެފައިވާކަން ފާހަގަކުރައްވައި، އިންޑިއާގެ 80 ވަނަ މިނިވަން ދުވަހުގެ މުނާސަބަތުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛު ހުސައިން މުހައްމަދު ލަތީފު އެ ޤައުމުގެ ސަރުކާރަށާއި ރައްޔިތުންނަށް ހޫނު ތަހުނިޔާއެއް ފޮނުއްވައިފިއެވެ.

ސޯޝަލް މީޑިއާގައި ޙިއްޞާކުރެއްވި ޚާއްޞަ ޕޯސްޓެއްގައި، ދެ ޤައުމުގެ ދެމެދުގައި އޮތް އެކުވެރިކަން ކުރިއަށް އޮތް ތަނުގައިވެސް ދަމަހައްޓައި، އިންޑިއާއަށް ދެމެހެއްޓެނިވި ސުލްޙަޔާއި ކުރިއެރުމަށް އެދިވަޑައިގެންފައިވެއެވެ.

އިންޑިއާއިން މިނިވަންކަން ހޯދާފައިވަނީ 1947 ވަނަ އަހަރުގެ އޯގަސްޓް މަހުގެ 15 ވަނަ ދުވަހު އިނގިރޭސީންގެ އިސްތިއުމާރުގެ ދަށުން ސަލާމަތްވެގެންނެވެ. އެ ޤައުމުން ކޮންމެ އަހަރަކުވެސް މި ދުވަސް ކުލަގަދަގޮތެއްގައި ފާހަގަކުރަމުން އަންނައިރު، މިފަހަރު ފާހަގަކުރަމުންދަނީ އެ ޤައުމުގެ މިނިވަންކަމަށް 80 އަހަރު ފުރުނު މުނާސަބަތެވެ.

https://twitter.com/HucenSembe/status/2088549453229875343

މި ސަރުކާރުން ވެރިކަމާ ހަވާލުވެވަޑައިގަތުމަށްފަހު، ރާއްޖެއާއި އިންޑިއާއާ ދެމެދު އޮތް ސިޔާސީ އަދި އިޤްތިޞާދީ ގުޅުން ބަދަހިކުރެއްވުމަށް ޚާއްޞަ މަސައްކަތްތަކެއް ވަނީ ކުރައްވާފައެވެ. އެގޮތުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު އިންޑިއާއަށް ކުރެއްވި ރަސްމީ ދަތުރުފުޅާއި، އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީ ރާއްޖެއަށް ކުރެއްވި ދަތުރުފުޅުތަކުގެ ސަބަބުން ދެ ޤައުމުގެ ގުޅުން އިތުރު ހަރުފަތަކަށް ގޮސްފައިވާކަން ފާހަގަކޮށްލެވެއެވެ. އަދި މި ދަތުރުފުޅުތަކުގައި ދެ ޤައުމަށް ފައިދާހުރި މުހިންމު އެއްބަސްވުންތަކެއްގައި ވަނީ ސޮއިކޮށްފައެވެ.