އާރުޑީސީއާ ޙަވާލުކޮށްގެން ސަރުކާރުން ބިނާކުރި ބޮޑުތަކުރުފާނުގެ ހަނދާނީ ދޮރޯށި ރައީސުލްޖުމްހޫރިއްޔާ އިފްތިތާޙުކޮށްދެއްވައިފި
ޤައުމީ ދުވަހުގެ މުނާސަބަތުގައި ހއ. އުތީމުގައި ބިނާކުރި "ބޮޑުތަކުރުފާނުގެ ހަނދާނީ ދޮރޯށި" ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު ރަސްމީކޮށް އިފްތިތާޙުކޮށްދެއްވައިފިއެވެ. މި ދޮރޯށި ހުޅުވުމުގެ ރަސްމިއްޔާތު ބާއްވާފައިވަނީ 15 އޮގަސްޓް 2026 ގައެވެ.
މި މަޝްރޫޢަކީ ދިވެހިބަހާއި، ސަގާފަތާއި ތަރިކައާ ބެހޭ ވުޒާރާގެ ފަރާތުން ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރް.ޑީ.ސީ) އާ ޙަވާލުކޮށްގެން ކުރިއަށްގެންދިޔަ މުހިންމު މަސައްކަތެކެވެ. މި ހަނދާނީ ދޮރޯށީގެ ބިންގާ އަޅާފައިވަނީ ފާއިތުވި 2025 ވަނަ އަހަރުގެ ޤައުމީ ދުވަހުގެ މުނާސަބަތުގައެވެ.
https://twitter.com/rdcmaldives/status/2088562945852936546
Ads by BMLމި ބިނާއަކީ "ޣާޒީ ބަންޑާރައިންގެ ތަރިކަ ދިރުވައި އާލާކުރުމުގެ މަޝްރޫޢު" ގެ ދަށުން ބޮޑުތަކުރުފާނުގެ ހަނދާންތަކާއި އާސާރުތައް ރައްކާތެރިކޮށް ދެއްކުމުގެ މަޤްޞަދުގައި ކުރިއަށްގެންދިޔަ މަސައްކަތެކެވެ. މި ދޮރޯށީގެ ފަރުމާ ޚާއްޞަކޮށްފައިވަނީ ޤައުމީ އަބްޠާލުން ކަމުގައިވާ އުތީމު ތިންބެއިންނަށް ނިސްބަތްވާ ގޮތަށެވެ. މީގެ އިތުރުން، މި މަޝްރޫޢުގެ ތެރެއިން އުތީމު ބަނދަރު ސަރަޙައްދުގައި ތާރީޚީ އޮޑި "ކަޅުއޮށްފުންމި" ގެ ނަކަލެއްވެސް ވަނީ ތައްޔާރުކޮށްފައެވެ.
މިއަދު ފާހަގަކުރަމުންދާ ޤައުމީ ދުވަހުގެ ރަސްމީ ޖަލްސާގެ އިތުރުން، އުތީމުގައި ތަރައްޤީކޮށްފައިވާ "ވާހަކަ ވާ" (ސްޓޯރީ ފޯރެސްޓް) ހެރިޓޭޖް ޕާކުވެސް ރައީސުލްޖުމްހޫރިއްޔާ މިއަދު ވަނީ ރަސްމީކޮށް ހުޅުއްވައިދެއްވާފައެވެ.
Ads by MACL
