މާލޭގެ ގެއެއްގެ ހަތްވަނަ ފަންގިފިލާގައި ރޯވެ އަނދަނީ
މާލޭގެ ގެއެއްގެ ހަތްވަނަ ފަންގިފިލާގައި އަލިފާން ރޯވެގެން އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ސަރވިސްއިން ހަރަކާތްތެރިވާން ފަށައިފިއެވެ. އެމްއެންޑީއެފުން މަޢުލޫމާތު ދެއްވާފައިވާ ގޮތުގައި މި ހާދިސާ ހިނގާފައިވަނީ ބޮޑުރަސްގެފާނު މަގުގައި ހުންނަ ފަހިވައި ގޭގައެވެ.
މި ހާދިސާއާ ގުޅިގެން ނެޝެނަލް ޑިޒާސްޓާ މެނޭޖްމެންޓް ސެންޓަރު (އެންޑީއެމްއޭ) އިން ވިދާޅުވީ، އެ ގޭގެ 7 ވަނަ ފަންގިފިލާގައި އަލިފާނުގެ ހާދިސާއެއް ހިނގައިގެން އުޅޭތީ އެ އޮތޯރިޓީން ވެސް އެ ސަރަހައްދުގައި ހަރަކާތްތެރިވަމުން އަންނަ ކަމަށެވެ.
އަލިފާން ނިއްވުމުގެ މަސައްކަތުގެ އިތުރުން، އެ ސަރަހައްދުގެ ސަލާމަތީ ކަންކަން ބެލެހެއްޓުމަށާއި މީހުންނަށް އެހީތެރިކަން ފޯރުކޮށްދިނުމުގައި ދިވެހި ފުލުހުންނާއި ސިފައިން ވެސް ދަނީ ހަރަކާތްތެރިވަމުންނެވެ.
Ads by BML
Ads by MACL
